މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ބާއްވާ 26 ވަނަ ގްލޯނެޓް އެޑިއުކެޝަން ފެއަރ ވަނީ އިއްޔެ ފަށާފައެވެ. 18 ފެބްރުއަރީ ގައި މިފެއަރ ފަށާފައިވާއިރު،  މިއަދު 5:00 ން 10:00 އަށް ނެޝެނަލް އާރޓް ގެލަރީގައި ވެސް މިފެއަރ ކުރިއަށް ދާނެއެވެ. އަދި 20 ފެބްރުއަރީ 3:00 ން 5:00 އަށް އައްޑޫ ސިޓީގެ ނޫރައްދީން ސްކޫލްގައިވެސް މިފެއަރ ކުރިއަށް ދާނެއެވެ.

މިފެއަރ އިން މަތީތައުލީމް ހާސިލްކުރަން  ބޭނުންވާ ދަރިވަރުންނަށް ގިނަ މައުލޫމާތު ތަކަކާއި ޔުނިވަރސިޓީތައް އިހްތިޔާރު ކުރުމާ، ޔުނިވަރސިޓީއަށް އެޕްލިކޭޝަން ހުށައެޅުމުގައި އަމަލު ކުރަންވީގޮތްތަކާ ބެހޭ އިރުޝާދު ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.

މިފެއަރ އިން ދަރިވަރުންނަށް ފޯރުކޮށްދެވޭ މައުލޫމާތާއި ހިދުމަތުގެ ގެ ތެރޭގައި، ކޯހާއި ގުޅޭ މައުލޫމާތާއި ކައުންސިލިންގ ދިނުން، ވިސާ ގެ މައުލޫމާތު ހިއްސާކުރުން، ފައިސާ ޓަރާންސްފަރ ކުރުމާ ހޮސްޓެލްގެ މައުލޫމާތު ފޯރުކޮށްދިނުން، ފުރާކުދިންނަށް އެންމެ ފަހުވަގުތު ފޯރު ކޮށްދޭންޖެހޭ މައުލޫމާތު ދިނުން، ކޯސް މައުލޫމާތާ ސްކޯލަރޝިޕް މައުލޫމާތު ދިނުން، ދަތުރު ގެ އެންމެހާ ކަންކަން ހަމަޖައްސައި ދިނުމާ ޔުނިވަރސިޓީ ތަކުގައި ރަޖިސްޓްރީ ކޮށްދިނުން ހިމެނެއެވެ.

ތިންދުވަހަށް ދެމިގެންދާ މި އިވެންޓުގައި ބައިވެރިވާ ޔުނިވާރސިޓީ ތަކުގެ ތެރެއިން ޔުނިވަރސިޓީއެއްގައި، މިފެއަރ މެދުވެރިކޮށް ރަޖިސްޓްރީވާ ކުދިންނަށް މެލޭޝިއާ އަށް ކިޔަވަން ދިއުމަށް ހިލޭ ޓިކެޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިފެއަރގައި ބައިވެރިވާ ބައެއް ޔުނިވަރސިޓީ ތަކުގެ ތެރޭގައި ސަންވޭ ޔުނިވަރސިޓީ، ޓޭލަރސް ޔުނިވަސިޓީ، މަހްސާ ޔުނިވަރސިޓީ، މޮނާރޝް ޔުނިވަރސިޓީ، އިންޓަރނެޝަނަލް މެޑިކަލް ޔުނިވަރސިޓީ އަދި އޭޝިއާ ޕެސިފިކް ޔުނިވަރސިޓީގެ އިތުރުން ބައެއް އެހެން ޔުނިވަރސިޓީތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *