ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 196 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޖެނުއަރީ މަހުގެ ފަހު ހަފްތާއިން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައި ހުރިއިރު ރާއްޖެއިން މި ބައްޔަށް މިހާތަނަށް 19,793 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 178 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން 12 މީހަކު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ 2 ފަރާތަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5,142 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މިވަގުތު 179 މީހަކު އެނދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2،475 އެވެ. މިހާތަނަށް ރާއްޖެއިން ވަނީ 17،249 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 11 އިން ފަތިހު 4:30 އާ ހަމަޔަށް ކާފިއު އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރ ނަސީމްވެސް ވަނީ  ވިދާޅުވެފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނެ ކަމަށް އިޝާރާތް ކުރައްވަމުން ނަސީމް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ކަންކަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. ނަމަވެސް އަޅާނެ އިތުރު ފިޔަވަޅުތަކުގެ ތަފްސީލެއް ނަސީމް ވިދާޅެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *