ޗައިނާގައި ކޮރޯނާވައިރަސް ގެ ސަބަބުން އިތުރު 136 މީހަކު މަރުވެއްޖެއެވެ. މިއަދަދާއެކު މިވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 2،004 ކަށް އަރާފައިވާކަމަށް އެގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިއަދުވަނީ މައުލޫމާތު ދީފައެވެ.

ވައިރަސްގެ ސަބަބުން މަރުވި 136 މީހުންގެ ތެރެއިން 134 މީހުންނަކީ މިބަލި ފުރަތަމަ ފެނިފައިވާ ހޫބޭ ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން މިވައިރަސް އަށް އިތުރު 1،749 ކަށަވަރުވެފައިވާ ކަމަށާއި އޭގެތެރެއިން 1،693 މީހުންނަކީ ހޫބޭ ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ. މިއަދަދާއި އެކު ޗައިނާގަ މިވައިރަސް ޖެހިފައި ތިބި މީހުންގެ އަަދަދު 74،185 އަރައެވެ.

20 ފެބްރުއަރީ 2020 ވަނަ ދުވަހު ރަޝިއާއިން ވަނީ އެގައުމަށް ޗައިނާ ރައްޔިތުން އެތެރެކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން ހޮންކޮންގގެ ޕްރިންސަސް މާގްރެޓް ހޮސްޕިޓަލް ގެ ސްޕޯކްސްވުމަން ރޮއިޓަރޒް އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގައުމުން 70 އަހަރުގެ ފިރިހެނަކު ވަނީ ވައިރަސް ޖެހިގެން ބުދަދުވަހު މަރުވެފައެވެ. މިއީ ހޮންކޮންގ އިން ކޮރޯނާވައިރަސް ޖެހިގެން މަރުވި ދެވަނަ މީހާއެވެ.

ސައުތު ކޮރެއާ ގައި ކޮރޯނާ ވައިރަސްއަށް އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު ، ޖުމްލަ 31 މީހުން އެގައުމުގައި މިވައިރަސް ޖެހިފައިވެއެވެ.

ޔޫކްރެއިން ގެ ހެލްތު މިނިސްޓަރ ޒޮރިއާނާ ކެލެޓްސްކާ ވިދާޅުވެފައިވަނީ އެގައުމުގައި މިވައިރަސް ޖެހިފައި ތިބި
49 މީހަކު އަނބުރާ އެމީހުންގެ ގައުމަށް ގެންދިއުގެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށާއި އެމީހުން ފުރުވާލެވޭނެ ވަކި ވަގުތެއް އަދި އޮޅުން ނުފިލާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *