އެމްޑިޕީގެ ކެންޑިޑޭޓުންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުމުގެ ތެރެއިން

އަންނަ އަހަރު ވެގެންދާނީ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ގިނަ ކަންތައްތަކެއް ކުރިޔަށްދާނެ އަހަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެކު ވާޗުއަލްކޮށް މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދާއި އެއްގޮތަށް އަންނަ އަހަރު މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ ޕްރޮޖެކްޓްތައް ކުރިޔަށްދާނެ ކަމަށެވެ. ޕްރޮޖެކްޓުގެ ތަފްސީލު ޕްލޭނިން މިނިސްޓްރީން ހަމާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މި އަންނަ އަހަރަކީ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ފޯކަސް އެއް ދީގެން ކަންތައްތައް ހިނގާނެ އަހަރަކަށްވުން

ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި އަންނަ އަހަރު ބިޑަށް ހުޅުވާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ވެރިކަމަށް އައީ  އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކު އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން ޔުނިޓު ތަރައްޤީކޮށް، ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުން އެއީ އަމާޒުކަމަށް ޕާޓީގެ މެނިފެސްޓޯގައި ބުނެ އެވެ.

އެމްޑީޕީން ދެކޭ ގޮތުގައި މާލެއަށާއި މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގައި މައްސަލަ އެންމެ ބޮޑަށް ގުޅިފައިވަނީ ތަރައްގީގެ ހުރިހާ ކަމެއް މަރުކަޒުކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *