މަޝްހޫރު ޕޮޕް ލަވަކިއުތެރިއާ ހެރީ ސްޓައިލްސް އަށް ވަޅިން ބިރުދެއްކުމަފަހު، އޭނާއަތުގަ ހުރި ފައިސާ ފޭރިގަންފިއެވެ.

މިހާދިސާ ހިނގާފައިވަނީ 15 ފެބްރިއަރީ 2020 ވަނަދުވަހުގެ ރޭ  ލަންޑަންގެ ހެމްޕްސްޓެޑް ގެ ސްޕެނިއަރޑް ރޯޑުގަ ހުންނަ ޕަބެއްގެ ކައިރިންނެވެ.

ކުރިން " ވަން ޑިރެކްޝަން " ބޭންޑުގެ މަސައްކަތް ކޮށްފައިވާ 26 އަހަރުގެ ހެރީ އަށް ވަޅިން ބިރު ދައްކާފައިވަނީ ބެލެވޭގޮތުގައި އުމުރުން 20 ވަރަކަށް އަހަރުގެ ފިިރިހެނެކެވެ.

މެޓް އިން މައުލޫމާތު ދިން ގޮތުގައި މިހާދިސާގައި ހެރީ އަށް އެއްވެސް އަނިޔާއެއް ވެފައި ނުވިނަމަވެސް، އޭނާއަތުން ފައިސާ ވަނީ އަތުލާފައެވެ.

މިހާދިސާއާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް، އަދި ހެރީ އަތުން އަތުލާފައިވަނީ ކިހާ ފައިސާއެއްކަމެއް މެޓުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އަހަރެއް ކުރިން ޕަބްލޯ ޓަރަޒާގާ އޮރޭރޯ ނަމަކަށް ކިއާ 26 އަހަރުގެ މީހަކު ހެރީއާ ދިމާކޮށް ހެރީގެ ގޭގެ ބޭރުގައި މަސްތަކެއް ވަންދެން ކޭމްޕު ޖަހައިގެންް އުޅުމުގެ ސަބަބުން އޭނައަށް ވަނީ ހެރީ އާ 250 މީޓަރަށް ވުރެ ކައިރި އަށް ނާދެވޭގޮތް ހަދާފައެވެ.

 ބްރިޓް އެވޯރޑްސްގައި ޝޯ ހުށައަޅާދޭ ގޮތަށް ހަމަޖެހިފައިވާ ހެރީ ސްޓައިލްސް އަށް ވަނީ، 'މޭލް ސޯލޯ އާރޓިސްޓް " އަދި އެންމެ މޮޅު އަލްބަމް ކެޓެގަރީ އިން އެވޯރޑް ލިބިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *