ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން މައްސަލަ ބޭރުުުކޮށްލައިފި އެވެ.

ހައި ކޯޓުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ ބޭރުކޮށްލީ އަމުރު ދޫކުރިކަމަށް މައުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުން ހުށަހެޅުމުން ކަމަށެވެ. އަދި ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން 7 ދުވަސް ތެރޭގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކޯޓުން ބުންޏެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓްގައި އިސްތިއުނާފްކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

އަލީގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދެވެ. ކުރިން ފެމެލީ ކޯޓުގައި ހުންނެވި ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރެއްވީ މީގެ ކުރިން ޖޭއެސްސީން ބެލި މައްސަލަ އެއް ސާބިތުވެގެންނެެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ އެއް އޮއްބާލަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީއިން މައުލޫމާތު ދީފައިވާ ގޮތުގައި ޕީޖީއިން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރާއި ގުޅޭ މައްސަލައެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް ޕީޖީން ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ޕިޖީ އޮފީހުން ބުނީ 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ދަނިކޮށް، އޭނާ ބޭސް ފަރުވާ އަށް ބޭރަށް ''ފުރުވާލި'' އިރު ބަދަލުގައި ޖާމިނުވެފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ މައްސަލަ ތާރީހްތަކުން

  • 10 ޖުލައި 2020 - އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ފުރަތަމަ އަމުރު ނެރުނު
  • 14 ނޮވެމްބަރު 2020 - މައްސަލަ ޕީޖީ އޮފީހުން ބަލައިގަތް
  • 18 ނޮވެމްބަރު 2020 - މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި
  • 24 ޖެނުއަރީ 2021 - ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓްދޫކޮށްލުމުގެ އަމުރަކަށް އަލީ ވަހީދުގެ ފަރާތުން ކޯޓުގައި އެދުނު
  • 9 ފެބުރުއަރީ 2021 - ޕާސްޕޯޓްދޫކޮށްލުމުގެ އަމުރު ނެރުނު ޝަރީއަތް
  • 14 ފެބުރުއަރީ 2021 - ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅި
  • 15 ފެބުރުއަރީ 2021 - ޕާސްޕޯޓް ދޫކޮށްލި ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި
  • 28 ފެބުރުއަރީ 2021 - އިސްތިއުނާފްކުރި މައްސަލަ ހައިކޯޓަށް ބަލައިނުގަނެ ބޭރުކޮށްލި

އަަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. # ދެން އަތްޖަހާ *"':؛!؟/()+-&_@

ކޮމެންޓް

Your email address will not be published. Required fields are marked *