މިދިޔަ ހުކުރު ދުވަހު، ހަތިޔާރު އެޅިސިފައިން ދިން މި ޙަމަލާގައި މަރުވި 32 މީހުންގެ ތެރޭގައި 14 ކުޑަކުދިން ހިމެނޭކަމަށް އދ. އިން ހާމަކޮށްފިއެވެ. ކެމަރޫންގެ ހުޅަނގު ދެކުނުގައި އޮންނަ ތަންބޫގައި ދެވުނު މި ޙަމަލާގައި، ޒަޚަމްވި މީހުންގެ ސީދާ ޢަދަދު ނޭނގުނު ނަމަވެސް މީގެ ތެރޭގައި މާބަނޑު އަންހެނަކު ވާކަން، އދ އިން ކަށަވަރު ކޮށްދިނެވެ. މި ޙަމަލާއާއި ގުޅިގެން 600 މީހުންވަނީ އަވަށް ދޫކޮށް ގޮސްފައެވެ. ޙަމަލާގެ ތަފްޞީލް މީޑިޔާއަށް ތިލަވެފައިވަނީ އާދިއްތަ ދުވަހުއެވެ.

އަދިވެސް ކެމަރޫންގެ ސަލާމަތީ ބާރުތަކުން ހާމަކުރާގޮތުގައި، ސަރުކާރާއި ދެކޮޅުވެގެން އުޅޭ ބަޔަކު ހޯދަން ހިންގި މި އޮޕަރޭޝަންގައި މަރުވީ އަންހެނަކާއި 4 ކުޑަކުދިންނެވެ. ނަމަވެސް މި ސަރަހައްދުގައި ހުރި އދ. އޮފިޝަލު ހާމަކުރި ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި، ކެމަރޫންގެ އިދިކޮޅު އެކްޓިވިސްޓު އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ވަކީލަކުވެސް ހިމެނެއެވެ. ސިފައިންވަނީ އިދިކޮޅު ހަރަކާތްތެރިން ހޯދުމުގެ ނަމުގައި ގެތަކުގައި ހުޅުވެސް ޖަހާފައެވެ. އަދި މިގޮތަށް ގެތަކުގައި ރޯކުރުމުން އެއް އާއިލާއަކަށް ނިސްބަތްވާ 9 މީހަކުވެސް ވަނީ މަރުވެފައެވެ. ގެތަކުގައި ހުޅުޖެހި ކަމަށް އިންކާރު ކުރަމުން، ސިފައިން ބުނީ އަލިފާން ރޯވީ ޙަމަލާ ބަދަލުކުރިއިރު، އިދިކޮޅު ހަރަކާތްތެރިންގެ ވަޒަނެއް ތެޔޮ ފީފާއަކަށް އަރައިގެންކަމަށެވެ.

ކެމަރޫން ސިފައިންގެ މި ޢަމަލު ތަޙުޤީޤުކުރެވެންވާނެ ކަމާ، ޝަރިޢަތުގެ ކުރިމައްޗަށް ގެނައުމަށް އދ. ގެ އޮފިޝަލުންވަނީ ގޮވާލާފައެވެ.

އިނގިރޭސިބަހުން ވާހަކަ ދައްކާ މީހުން އުޅޭ ތަންބޫގެ ބަޔަކާއި ސަރުކާރުގެ އަސްކަރިއްޔާއާއި ދެމެދު ޙަމަލާ ބަދަލުކުރަން ފެށީ 2016 ވަނަ އަހަރުއެވެ. މިފަދަ ކޮންމެ ޙަމަލާއެއްގައި އާއްމުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އެއްބަޔަކު އަނެއްބަޔަކުގެ ބޮލުގައި އެޅުވުން މިއީ އަބަދުވެސް މިކަން ހިނގާގޮތެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *