މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ހައްލުކުރުމަށް މަަސައްކަތް ކުރުމަަށް އެމޭޒަން ގެ ސީއީއޯ ޖެފް ބެޒޯސް އުފައްދާ ‘ބެޒޯސް އަރތް ފަންޑް’ އަށް 10 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފައި ވާކަމަށް މިއަދު އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި އިއުލާން ކޮށްފިއެވެ.
ބެޒޯސް ބުނެފާ ގޮތުގައި މިފަންޑަކީ މޫސުމީ ބަދަލުތައް ހައްލުކުރަން މަސައްކަތް ކުރާ ސައިންސްވެރިންނާއި، އެކްޓިވިސްޓުންނާއި، ޖަމްޢިއްޔާ ތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަޤްސަދުގައި އުފައްދާފައިވާ ފަންޑެކެވެ.
މީގެ އިތުރުން ދުނިޔޭގެ މޫސުމީ ގެއްލުންތައް ހައްލުކުރުމަށް މަަަސައްކަތްކޮށް ދުނިޔެ ރައްކާތެރި ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ވެސް މިފަންޑުން އެހީ ތެރިކަން ފޯރުކުރަން ނިންމާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މިފަންޑުން އެހީތެރިކަން ހޯދަން އެޕްލިކޭޝަން ހުޝައަޅަން ހުޅުވާލާނެ ދުވަހާއި، މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއްނުވެއެވެ.
ބެޒޯސް ގެ މިލްކިއްޔާތު ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރަށް އަރާފައިވާއިރު ، ބެޒޯ އެހީތެރިކަން ފޯރުކޮށްދޭ ތަފާތު ކަންކަން މާބޮޑަށް ހިއްސާކޮށްފައި ނުވިނަމަވެސް، ބެޒޯސްވަނީ 2018 ވަނަ އަހަރު މާލީހާލަތު ދަށް ކޮމިއުނިޓީތަކަށް ހިލޭ ކިޔަވައިދޭ ޕްރީސްކޫލްތަކެއް ހަދާދީފައި ކަމަށް މައުލޫމާތު ލިބެއެވެ.