އިންޑިޔާގެ އަންދަރާ ޕްރަދޭޝްގެ އަވަށެއްކަމަށްވާ، ޕްރަގާވަރަމްގައި ދިރިއުޅެމުންދިޔަ، އުމުރުން 50 އަހަރުގެ ސަރިޕައްލި ރާއޯއަށް ހަމަލާދިނީ، "ހާތެޅުވުމުގެ" މުބާރާތަށް ތައްޔާރުކުރަންވެގެން، ހާލުގެ ފައިގައި އައްސާފައި އިން ތިލައަކުންނެވެ. 3 ކުދިންގެ ބައްޕަ، ރާއޯގެ ކަރަށް އަމާޒުވި މި ޙަމާލާގެ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މީނާ ހޮސްޕިޓަލަށް ގެންދެވުނެވެ. މަރުވީ ފަރުވާ ދެނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ.

ރާއޯއަކީ ޤަވާއިދުން "ހާތެޅުވުމުގެ" މުބާތުގައި އޭނާ ގެންގުޅޭ ހާ، ބައިވެރިކުރާމީހެއްކަމާ، މި ހަމަލާދިނީ މުބާރާތަށް ދިޔަމަގުމަތީގައިކަމަށް، އާއިލާގެ ފަރާތުން މަޢުލޫމާތުދެއެވެ. ހާތެޅުވުމަކީ 1960 ވަނައަހަރުން ފެށިގެން އިންޑިޔާގައި މަނާކޮށްފައި އޮންނަކަމެއް ނަމަވެސް، ޖަނަވާރުން ބޭނުންކޮށްގެން މިކަހަލަ ކަންތައް ކުރާ މީހުން ގިނަކަމަށް، "ޕީޕަލް ފޮރ އެނިމަލް" ފައުންޑޭޝަންގެ ޓްރަސްޓީ ގޯރީމޮލޭކީ ފާހަގަ ކުރިއެވެ.

މިގޮތަށް މިކަން ކުރުމަކީ ޤާނޫނީ ކުށެއްކަމަށް، އަވަށްތަކުގެ އާންމުންނަށާއި ވެރިންނަށް ކިޔާދީފައި ވީނަމަވެސް، އެފަރާތްތަކުން މިކަމަށްފަރުވާލެއް ނުބަހައްޓައެވެ. މިކަމަކީ މުނިފޫހިފިލުވުމުގެ އިތުރުން، މޮޅުވާނެކަމަށް ލަފާކުރާ ޖަނަވާރަކަށް ފައިސާ ހުށައެޅިގެންވެސް ކުރާކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.