މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯރޓްސް ކުލަބު މިއަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ޤަތަރުގައި އޮތް ކޭމްޕެއްގައި ބައިވެރިވުމަށް ފުރައިފިއެވެ.

ޓީސީއަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ސީދާ ޖާގަ ލިބުނީ މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. އޭއެފްސީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ 10 މާރޗް 2020 ވަނަދުވަހުއެވެ.

ދިހަދުވަހުގެ މި ޓްރެއިނިންގ ކޭމްޕަށް ޓީސީ ފުރާފައިވަނީ މިއަދު ހެނދުނުއެވެ. އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަދުވަހުއެވެ. ޓީސީ އަށް ފަހުން ގުޅުނު ކުޅުންތެރިންނާއެކު ޖުމްލަ 23 ކުޅުންތެރިން މިއަދު ޤަތަރަށް ފުރާފައިވާއިރު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިފައި ނެތްނަމަވެސް ފެންވަރު ރަނގަޅު ފަރިތަކުރުން ތަކެއް ލިބިގެންދާނެ ކަމަށް ޓީމުން ވަނީ ބުނެފައެވެ.

މިމުބާރާތުން ދެވަނަ ލިބުނު މާޒިޔާ މިހާރުވަނީ ޕްލިމިނަރީ ރައުންޑް ނިންމާ ޕްލޭއޮފަށް ދަތުރުކޮށްފައެވެ. ޕްލޭއޮފްގައި މާޒިޔާއިން އިންޑިއާގެ ބެންގަލޫރު އެފްސީއަތުން މޮޅުވެއްޖެނަމަ އެޓީމު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅޭނީ ޓީސީއާ އެއް ގުރޫޕެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *