ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނައުމަށް ނުފެންނަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސް ގެ ރައީސް، ރައީސް ނަޝީދު ޓުވީޓް ކުރައްވައިފިއެވެ.

ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމަޢު ތަކުން ބަލާނުގަންނަ ކަމަށާއި އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދް ވަނީ ވިދާޅުވެފައެވެ.

ޔޫތު މިނސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއައުމަށް ދިން ދައުވަތު ޑރ.ފިލިޕް ގަބޫލު ކުރައްވާފައިވާ ކަމަށެވެ . އޭނާއަށް، ދައުވަތު ދިނީ ޒުވާނުންނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށެވެ.

ޑރ.ބިލާލް ފިލިޕް ރާއްޖެ ގެނައުމަށް ނިންމުމުން ރައްޔިތުންގެ މަޖިލިސް ގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ނުރުހުން ފާޅުކުރައްވާ ޓްވީޓް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.