މިދިޔަ ހޮނިހިރު ދުވަހު އޮތް ފިލްމު ފެއަރ އެވޯރޑްސް 2020 ބޭއްވުނީ އާސާމްގެ ގުވާހަޓީގައެވެ. ގިނަ އެވޯޑްތައް "ގަލީ ބޯއީ" އަށް ލިބުނު މި ޙަފްލާއަށް ރަންވީރު ސިންގ، ތާޕްސީ ޕަންނޫ، އާލިޔާ ބަޓް، އަކްޝޭ ކުމާރު، މަދޫރީ ދިކްޝިޓް ފަދަ ބޮޑެތި އެތައް ތަރިންނެއް ހާޟިރުވިއެވެ. ހަފްލާ ހުށައަޅައިދިނީ، ކަރަން ޖޯހަރު އަދި ވިކީ ކައުޝަލްއެވެ.

ހަފްލާގެ މުހިއްމު އެވޯޑްތައް ކަމަށްވާ، އެންމެ މޮޅު ފިލްމު، އެންމެ މޮޅު ބަޠަލު އަދި ބަޠަލާގެ އެވޯޑް "ގަލީ ބޯއީ" އަށް ލިބުން ނަމަވެސް ހުރިހާ އެންމެން މިކަމާއި ހިތްހަމައެއް ނުޖެހެއެވެ. މީގެތެރެއިން އެކަކީ، ފިލްމު "ކޭސަރީ" އަށް ޅެން ހަދާދިން މަނޯޖް މުންތަޝިރެވެ. މަނޯޖްގެ ރުޅިގަނޑު އޮއްސާލަމުން، ޓްވިޓަރގައި ބުނީ، އެންމެ މޮޅު ޅެންވެރިކަން "ކޭސަރީ" ގެ "ތެރީ މިއްޓީ" އަށް ނުލިބުމުން، ދެން ދުވަހަކުވެސް ފިލްމު ފެއަރ އެވޯޑް ހަފްލާއަކަށް ނުދިއުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

މަނޯޖް ބުނީ "މުޅި އުމުރު މަސައްކަތް ކުރި ނަމަވެސް ފިލްމު "ކޭސަރީ" އަށް ލިޔުނު ވަރުގެ މޮޅު ޅެމެއް އޭނާއަށް ނުލިޔެވޭނެ" ކަމަށެވެ. އެ ޅެން ނޮމިނޭޓްވިނަމަވެސް އެވޯޑް ނުލިބުމަކީ، ފިލްމު ފެއަރ ފެއިލްވުން ކަމަށް އޭނާ ގަބޫލުކުރެއެވެ. ސަބަބަކީ އެޅެން އަޑުއަހާފައި އިންޑިޔާގެ އެތައް މިލިއަން މީހުން ކަރުނަ އަޅާފައިވުމާއި، މި ޅެމުގެ ސަބަބުން މީހުންގެ ހިތްތަކަށް ވަޠަނީ ލޯބި އިތުރަށް ވަދެފައިވުމެވެ.

މަނޯޖް ގަބޫލު ކުރާގޮތުގައި، އޭނަގެ އެ ފުރިހަމަ މަސައްކަތް އަގުވަޒަން ނުކުރި ހަފްލާއަކަށް ދެން ދިއުން ވަނީ، އޭނާގެ ހުނަރަށް ކުރެވޭ މަލާމާތެއް ކަމުގައެވެ. އެހެންކަމުން މުސްތަޤުބަލުގައި ފިލްމު ފެއަރގެ ހަފްލާއަކުން މަނޯޖް މުންތަޝިރު ނުފެންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.