ބަންޓީ އައުރް ބަބްލީގެ ސީކުއަލް ރަސްމީކޮށް އިޢުލާންކުރިންސުރެ، ބެލުންތެރިން ކެތްމަދުވެފައި ތިބީ، ފިލްމު އަޅުވާތާރީޚަށެވެ. އެންމެފަހުން މި އިންތިޒާރަށްވެސް ނިމުން އައީއެވެ. ސިނަމާތަކަށް މި ފިލްމު އަންނާނީ ޖޫން 26 ގައެވެ. ކުރީގެ ފިލްމުގެ ބަތަލާ ރަނީ މުކަރްޖީގެ އިތުރުން މި ފިލްމުން ފެންނާނީ ސައިފް ޢަލީ ޚާން، ސިއްދާތް ޗަތުރުވޭދީ އަދި ޝާރްވަރީއެވެ. ސިއްދާތުވަނީ "ގަލީ ބޯއީ" ގައިވެސް މުހިއްމު ރޯލެއް އަދާ ކޮށްފައެވެ. "ހަމް ތުމް" އަދި "ތަރަ ރަމް ޕަމް" ފަދަ ފިލްމުތަކުން ފެނި، ސްޕޯޓަރުންގެ ލޯބި ލިބިފައިވާ ރާނީ-ސައިފްގެ ޖޯޑު އެކުގައި ފެނުން މިއީވެސް ބެލުންތެރިން ވަރަށް އެދިއެދި ތިބިކަމެކެވެ.

ރާނީ މުކަރްޖީގެ ފިރިމީހާ އަދިތްޔާ ޗޯޕްރާ އުފައްދާ މި ފިލްމު ޑައިރެކްޓްކުރާނީ އަލަށް ޑައިރެކްޓެއްގެ ގޮތުގައި ފެނިގެންދާ ވަރުން ޝަރުމާއެވެ. ވަރުން ޝަރުމާއަކީ ބްލޮކްބަސްޓަރ "ސުލްތާން" އަދި "ޓައިގަރ ޒިންދާ ހޭ"ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. އެހެންކަމުން، ވަރުންގެ ހުނަރާއި މެދު ޝައްކު ކުރާނެ ޖާގައެއްނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *