ކޮންމެ އަހަރެއްގެ ވެސް ރަމަޅޟާން މަހާއި ދިމާކޮށް އެސްޓީއޯ އިން ބާއްވަމުން އަންނަ " އެސްޓީއޯ ރަމަޟާން ބާޒާރު " 23 ފެބްރުއަރީ 2020 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
މުދަލުގެ އަގު ހެޔޮކޮށް ގިނަ އިނާމްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މިޚާއްސަ ސޭލުން ގިނަ އަދަދެއްގެ މުދަލުން ބޮޑެތި ޑިސްކަތުންޓް ތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
އަދި މިއަހަރުވެސް އެހެން އަހަރު ތަކެކޭ އެއްފަދައިން، އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. 2019 ވަނަ އަހަރުގެ އެސްޓީއޯ ރޯދަ ޕްރޮމޯޝަންގައި އެއްމިލިއަން ރުފިޔާގެ އަގުހުރި އިނާމުތައް ވަނީ ދީފައެވެ.