ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާންގައި ރާއްޖެ އައުމަށް ބެނުންވެފައި ތިބި 7 ދިވެހިން، އަވަށްޓެރި އިންޑިޔާގައި ކަރަންޓީނުގެ މަރުހަލާ ފުރިހަމަ ކުރުމަށްފަހު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މި ހަތް ދިވެހީން އިންޑިއާ އަށް ގެންދެވުނީ މިމަހުގެ 2 ވަނަ ދުވަހު އެއަރ އިންޑިއާގެ ޚާއްސަ ފްލައިޓެއްގައެވެ
ފަސްއަންހެނުންނާއި ފިރިހެނަކާއި ކުޑަކުއްޖެއް މިބޭފުޅުންގެ ތެރޭގައި ހިމެނޭއިރު އެމީހުންވަނީ ނިއުދިއްލީގެ ކަރަންޓީން ފެސިލިޓީއެއްގަ 14 ދުވަސް ހޭދަކޮށްފައެވެ.
ރާއްޖެ ގެނެވުނު ހަތް ދިވެހިންވެސް ކޮރޯނާވައިރަސް އަށް ނެގެޓިވް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
މިިފަރާތްތަކަށް ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ، ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާއި ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުންނެވެ.