ސަރުކާރުގެ ފަރާތުން ހުށައާޅާފައިވާ ތައުލީމީ ބިލުގެ ބަހުސް މަރުހަލާގައި ވާހާކަ ދައްކަވަމުން ހަނގާކުރުމަކީ ކުށަކަށް ހަދާ އެކަމަށް އަދަބެއް ކަނޑައެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.
ހަސަން ލަތީފު ވިދާޅުވެފައިވަނީ ހަނގާކުރުމަކީ ވަރަށް ނުރަައްކާތެރި ކަމެއް ކަމަށާއި މިއީ ޒަމާނުއްސުރެން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށާއި، ނަމަވެސް މީގެ ކުރިން މިއީ މާބޮޑު ކަމެއް ކަމަށް ނުދެކޭތީ އޭރު އެކަން މަނާ ނުކޮށްތިބީ ކަމަށެވެ.
ހަނގާކުރުމުގެ ނަތީގާ މިހާރު ފެންނަމުންދާ ކަމަށާއި އެގޮތުން މަދަރުސީ ހަޔާތުގައި ހަނގާ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު ކުރިން ކުރެވުނު ބުލީގެ އަަސަރު އެފަރާތްތަކުގެ ގައިގައި މިހާރުވެސް އެބަހުރި ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
އަދި ހަނގާކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ޒާތީ ގޮތުން މީސް މީހުންނާ ދޭތެރޭގައި ކަަަންކަން ކުރަން ފެށުން ހިމެނޭއިރު މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ، ރާއްޖޭގައިވެސް އަދި އެހެން ޤައުމުތަކުގައިވެސް، ދިރާސާތައް ދައްކާގޮތުގައި މިއީ މިކަން ހިނގާގޮތްކަމަށް ހަސްނ ލަތީފު ވިދާޅުވިއެވެ.
އެހެންކަމުން ހަސަން ލަތީފު ވަނީ މިހެން ކަންކަން ހުރުމާއި ގުޅިގެން ބިލުގައި ހަނގާ ކުރުމާ ގުޅޭ ގޮތުން މާއްދާތައް ހިމެނުމަށް ބޭނުންވާ ކަން ހާމަކޮށް، ހަނގާކުރުމަކީ ކުށެއްކަމަށް ކަނޑައެޅުން މުހިންމުކަމަށް ދިވާޅުވެފައެވެ.