ކޮލަށް ކަރުދާސް ކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކިދާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަދައްކާ އޯޑީއޯތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށް، ދައުރު ވަމުން ދާ ދަނޑިވަޅެއްގައި، މުސްތަފާ މިހެން ވިދާޅުވެފައިވަނީ އަލީ ވަހީދު ދިފާޢުކުރައްވާ މުސްތަފާ ކުރައްވާފައިވާ ޓުވީޓެއް މެދުވެރިކޮށެވެ.

" އަޑު އެކަންޔެއްނޫން ، ހަށިގަނޑު ގެ ގުނަވަންތައް ބައިބައި ކޮށްފަ އޮތަސް އަސްލެއް ކަމަށް ދައްކާނެ ! ކޮލަށް ކަރުދާސް ކޮޅެއް ލައިގެން ވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ. އަހަރުމުން އަޑު އެހިން ރާއްޖޭގެ އެކިއެކި ސިޔާސީ ލީޑަރުންގެ އަޑު އެއްވެސް ތަފާތެއްނެތް ގޮތަށް ވާހަކަ ދެއްކި އަޑުވެސް." މުސްތަފާގެ ޓްވީޓް ގައި އޭނާ ބުނެފައިވެއެވެ.

އަލީ ވަހީދުގެ އޯޑީއޯތަކެއް ކަމުގައި ބުނެވޭ އޯޑިއޯ ތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އޯޑިއޯތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނަށް ވަނީ ބޭއަދަބީ ބަސްތައް ބޭނުންކޮށްފައެވެ. އަދި ކޮރަޕްޝަނެއްގެ  ވާހަކަ ދެކެވޭ އަޑު ހިމެނޭ އޯޑިއޯއެއްވެސް މީގެތެރޭގައި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *