ނައިޖީރިއާގެ ސްކޫލްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް އަންނަނީ ދެމުން

ހަތިޔާރު އެޅި ބަޔަކު ނައިޖީރިއާގެ ސްކޫލަކަށް ގަދަކަމުން ވަދެގަނެ 317 އަންހެން ދަރިވަރުން ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގެ ސްޓޭޓޭއް ކަމަށްވާ ޒަމަފަރާގައި ހުންނަ ސެކަންޑަރީ ސްކޫލެއްގައެވެ. މިއީ އެގައުމުގެ ސަރުކާރުން ހިންގަމުން އަންނަ ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެކެވެ.

މި ހާދިސާ ހިނގާފައިވާކަން ޔުނިސެފްއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޔުނިސެފްއިން ވަނީ މިއީ އަނެއްކާ ވެސް ނައިޖީރިއާގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ހިންގުން ބޮޑު ޖަރީމާއެއް ކަމަށާއި މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރާ ކަމަށް ހާމަކޮށްފައެވެ.

އެ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގީ ދަންވަރު ވަގުތުގައެވެ. އެގޮތުން ބައެއް ދަރިވަރުން ވެހިކަލްތަކެއްގައި ގެންދިޔައިރު އަނެއް ބައި ދަރިވަރުން ވަނީ ފައިމަގުގައި ވެސް ގެންގޮސްފައެވެ.

މި ހާދިސާ ހިނގި ޒަމަފަރާ ސްޓޭޓަކީ މިފަދަ ގިނަ ހާދިސާތަކެއް މީގެކުރިން ވެސް ހިނގާފައިވާ ސްޓޭޓެކެވެ. އަދި މިއީ ނައިޖީރިއާގެ އުތުރުގައި ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް ބޯޑިން ސްކޫލަކަށް ވަދެގަނެ ހަތިޔާރު އެޅި ބަޔަކު ވަނީ 42 މީހުން ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި 27 ދަރިވަރަކު ހިމެނެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް 300 ދަރިވަރަކު ސްކޫލަކުން ވަގަށް ނަގާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *