މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މާލޭ މޭޔަރު ގެ މަޤާމަށް ކުރިމަތިލަށްވާފައިވާ އަލްޙާން ފަހްމީ ކުރެއްވި ޓުވީޓެއްގައި، ހުވަފެން ފަތިހަކަށް ވޯޓު ނުދިނުމަށް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު އެދެނީ ހުވަފެން ފަތިހަކަށް ވޯޓު ނުދެއްވުން! އަޅުގަނޑު އެދެނީ ރައްޔިތުންނާ ގާތަށް ވެރިކަން ގެނެސްގެން އެމީހުންގެ ދިރިއުޅުމަށް ހައްގުވާބަދަލު ގެނެސްދޭނެ މީހަކަށް ވޯޓުދެއްވުން! އަޅުގަނޑަކީ ސިޔާސީ ވަކިތަކުން މިނިވަން ކެންޑިޑޭޓެއް !"
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލެއްވި އަލްހާން މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވަނީ ލޯކަލް ގަވަރމަންޓުގެ ގާނޫނީ ބާރުވެރިކަން ކަށަވަރު ކުރެވޭނީ ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ވެރިން ކައުންސިލް ތަކަށް އިންތިހާބުކޮށްގެން ކަމަށް ވިދާޅުވެއެވެ.
އަލްޙާން އަކީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަން އަދި ރައްޔިތުންގެ މަޖިލިސް ގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.