ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލީ ވަހީދު ، އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަށް ހުތުރުބަހުން ބައެއްގެ ތެރޭގައި ، ވާހަކަދައްކަވާ އޯޑިއޯތަކެއް ވަނީ އާންމުވެފައެވެ. 

އޭގެތެރޭގައި ޓްރާންސްޕޯރޓް މިނިސްޓަރ އަޢިޝަތު ނަހުލާ އަށް ގުޅުއްވައި ދައްކާފައިވާ ދަށުދަރަޖައިގެ ވާހަކަ ތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯ އަކާއި ، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި އޯޑިއޯ އެއް ހިމެނެއެވެ. މީގެ އިތުރުން އަލީ ވަހީދު އަދި ޔޫތް އެންޑް ސްޕޯރޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާ އެކު ކޮރަޕްޝަންގެ މަޝްވަރާއެއް ކުރައްވާ އޯޑިއޯ އެއް ވެސް ވަނީ ލީކް ކޮށްލާފައެވެ.

މި އޯޑިއޯ ތަކާ ގުޅޭގޮތުން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ ދައުރު ކުރަމުން ދަނީ ސައްހަ އޯޑިއޯ ތަކެއް ނޫންކަމަށާއި ، އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއްކަމަށެވެ. މީގެ އިތުރުން ފުރިހަމަ ތަޚްޤީޤެއް ކުރުމަށާއި އަލީ ވަހީދުގެ މައްޗަށް ވެސް ތަޚްޤީޤް ހިންގުމަަށް ގޮވާލާ ހަޤީގަތް ސާފު ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މި އޯޑިއޯތަކާ ގުޅިގެން ގިނަ ބައަކު ވަނީ ސޯޝަލް މީޑީއާގައި މިނިސްޓަރ އަލީ ވަހީދަށް ފާޑުކިއާފައެވެ .އަދި އޯޑިއޯ ތަކާއި ގުޅިގެން އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުން ވަކިކުރުމަށް ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *