ޑިސްނީގެ ފިލްމުތަކަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. ތުއްތު ކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ޑިސްނީ ޕްރިންސަސްތަކުގެ ތެރެއިން "ރެޕަންޒަލް"އަކީ ގިނަބަޔަކު ބަލާހިތްވާ ކާޓޫނެކެވެ.
މީގެ ކުރިން މި ވާހަކައިގެ ކާރޓުންގެ އިތުރުން އެނިމޭޓަޑް ފިލްމް "ޓެންގްލްޑް" ވަނީ ސިނަމާތަކަށް ގެނެސްދީފައެވެ.
ދަ ޑިޒްއިންސައިޑަރގައި ބުނެފައިވާ ގޮތުގައި ރެޕަންޒަލްގެ ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ނަމަވެސް އަލަށް ތައްޔާރުކުރާ ފިލްމުގައި ތައްޔާރުކުރަނީ "ޓެންގަލްޑް"ގެ ވާހަކައިގެ މައްޗަށް ބިނާކޮށްކަމެއް ނުވަތަ ވާހަކައަށް ބަދަލު ގެނެސްގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައޮވާގޮތުގައި މިހާރު މި ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރުމަށް އޭޝްލީ ޕަވަލްއަށް ވަނީ ހަވާލު ކޮށްފައެވެ. ޕަވަލް އަކީ " ދަ ނަޓް ކްރެކަރ އެންޑް ދަ ފޯ ރިއަމްސް "ގެ ސްކްރީންޕްލޭ ތައްޔާރުކުރި ލިޔުންތެރިއާއެވެ.
ޑިސްނީގެ ފިލްމުތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް ' މުލާން " ގެ ލައިވް އެކްޝަން ފިލްމު 27 މާރޗް ގައި ސިނަމާތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން "ކްރުއެލާ " އަދި " ލިލޯ އެންޑް ސްޓިޗް " ގެ ފިލްމުވެސް ވަނީ ބެލުންތެރިންނާއި ހަމައަށް އައުމުގެ މަގުމަތީގައެވެ.