ނިއުޒޯ އަކީ، ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުޙައްމަދާއި، އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުންފުންޏެކެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ، މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ، ނިއުމާ މުޙައްމަދެވެ.
މި އަހަރުތެރޭގައި، މި ފިލްމް ސްކްރީން ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ނިއުމާ މަޢުލޫމާތުދެއެވެ. އެގޮތުން އޮލިމްޕަސް ލިބެންހުރި ރަނގަޅު ތާރީޚްތައް ބަލަމުންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
“ކަޅަކި” މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުޙައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން، އައު ތަރިން ކަމަށްވާ ލަހޫ އާއި ވާޝިޔާގެ ހުނަރުވެރި ޙަރަކާތްތައްވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މި ފިލްމަކީ ނިއުމާ ސްކްރީނުން ފެނިގެންދިޔަ އޭނާގެ ވަދާޢީ ފިލްމު "ނިވައިރޯޅި"އަށްފަހު، އޭނާގެ ފުރަތަމަ ފިލްމެވެ.