ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން 550 ލޯނު ދޫކުރަން ކަނޑައަޅައި ލޯނަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މިއަދު ކުރިއަށްދިޔަ ނޫސް ކޮންފަރެންސްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ލޯނުގެ ފުރުސަތުތައް ހުޅުވާލައި އެކަން އިއުލާނުކުރިއްވާފައެވެ.
މި ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ކިޔަވަމުންދާ ދަރިވަރުންނަށާއި، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށްވެސް ކުރިމަތި ލުމަށް ހުޅުވިގެންދާނެއެވެ.
މިއާއި އެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ދަރިވަރުން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންކަމާއި، ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާއި، ލޯނު ބޭނުންކޮށްގެން ކިޔަވައި ނިންމާ ދަރިވަރުން ހިދުމަތްކުރުމުގެ އުސޫލުތައްވެސް އާންމުކޮށްފަ އެވެ.
ތަފްސީލު އަންނަނީ....