މިދިޔަ އަހަރު، ޑާކް ރެއިންގެ ފިލްމް “ގޮށްރާޅު”ގެ ސަޕޯޓިންގް ރޯލަކުން ފިލްމީދަާއުރާއަށް ތަޢާރަފްވި ބަތަލާ،  އައިމިނަތު ރަޝްފާ (އާޝާ) ގެ އިންސްޓަގަރްމަ އެކައުންޓް ހެކް ކޮށްފައިވާކަމަށް އާޝާ ބުނެފިއެވެ.

އާޝާ ބުނެފައިވާގޮތުގައި، އިންސްޓާގްރާމް އެކައުންޓު ހެކުކޮށް، އޭނާއަށް ބްލެކްމެއިލް ކުރުމަށް މީހަކު މަސައްކަތްކުރި ކަމަށެވެ. އަދި މި ވާހަކަ މިހާރު ޢާންމުންނަަށް އަންގާފައިވާކަމުވައިވެސް އާޝާ ބުނެފައިވެއެވެ. 

 މި މައްސަލަ މިހާރު ފުލުހަށް ހުށައަޅާފައިވާކަމަށާއި، އަދި ފުލުހުން މިހާރު މި މައްސަލަ ދަނީ ތަހުޤީގު ކުރަމުން ކަމަށްވާތީ، މިކަމާގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތްކަމަށްވެސް އާޝާ ބުނެފައިވެއެވެ. 

މި ފަހަކަށް އައިސް، މަޝްހޫރު އެކްޓަރުންނާއި އެކްޓްރެސްއިންގެ އެކައުންޓްތައް ހެކްކުރުން ވަނީ ވަރަަށް ޢާންމު ކަމަކަށްވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *