ބޭންކް އޮފް މޯލްޑިވްސް ގެ ޙިދުމަތް ފުޅާކުރުމުގެ ގޮތުން ހދ. މަކުނުދޫ ގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ބީއެމްއެލްއިން ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބީއެމްއެލް ގެ ޚިދުމަތްތައް ލިއްބައިދިނުމުގެ މަޤްސަދުގައި ބީއެމް އެލްއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ޤާއިމްކުރާ ސެލްފް ސަރވިސް ސެންޓަރުތައް ހދ. މަކުނުދޫގެ އިތުރުން އދ. ދަނގެތި އަދި ކ. ހިއްމަފުށީގައިވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ވަނީ މި ސެންޓަރުތައް ޤާއިމްކުރުމަށް އިމާރާތްތައް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ.