ނައިބް ރައީސް ފައިސަލް ނަސީމް -- ޖަޒީރާ ފޮޓޯ: އަހްމަދު ޝުރާއު

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު ނައިބް ރައީސް ފައިސަލް ނަސީމް ދޫކޮށްލައިފިއެވެ.

ނައިބް ރައީސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހުމުގެ އާލަސްކަންފުޅު ބޮޑުވުމުގެ ސަބަބުންނެވެ.

ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިހާރު ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވިކަމުގެ ޚަބަރު ސޯޝަލް މީޑިއާގައި އާއްމުވުމާއި އެކު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި، މެސެޖު ފޮނުވާފައެވެ. މި މެސެޖުތަކަށް އިޝާރާތް ކުރައްވާ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.