އިއްޔެ ހަވީރު ރަށުގެ ދެކުނު ފަރާތު ބަނދަރަށް، ގޮތްނޭނގޭ ޒާތަކަށް ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފައި ހުރި ފަތްތަކެއް ލައްގާފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލްއިން ހާމަކޮށްފިއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ފަތްތައް ހުރީ ބޮނޑި ބޮނޑިއަށް ވަރަށް ތަރުތީބުންނެވެ. އަދި ކޮންމެ ޕާރުސަލެއްގެ ދެ ފޫޓު ހުންނާނެ ކަމަށާއި، ޕާރުސަލްތައް ކަނޑައި ބެލުމުގައި އޭގެ ތެރޭގައި ހުރި ފަތްތައް ބަންދު ކޮށްފައިވަނީ ދެ ބަޔަކަށް ވާގޮތަށް ވަރަށް ތަރުތީބުން ކަން ފާހަގަ ކުރެވޭކަމަށް ވެސް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.
މިގޮތައް ބަންދުކޮށްފައިވާ ފަތްތަކެއް އިއްޔެ ހއ.ބާރަށުން މަސްބާނަން ނިކުމެ އުޅުނު މަސްދޯންޏަކުންވެސް ވަނީ ފެނިފައެވެ.
މި ޕެކެޓްތައް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިކަން ދަނީ އިތުރަށް ތަޙްގީގް ކުރަމުންނެވެ.