އުމުރުން 72 އަހަރުގެ މައްޝޫރު ލަވަކިއުންތެރިއާ އެލަޓަން ޖޯން ނިއުޒީލެންޑުގެ އޯކްލޭންޑް ގައި ކުރިއަށް ގެންދިޔަ ކޮންސަރޓެއްގެ މެދުތެރެއިން އަޑު ނުނިކުތުމުން ކޮންސަރޓް މެދު ކަނޑާލައިފިއެވެ.
އިންސްޓަގްރާމްގައި އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ޝޯމެދުކަނޑާލަން މެދުވެރިވީ އޭނާއަށް " ވޯކިން ނިއުމޯނިއާ " ޖެހިފައިވާތީއެވެ. ވޯކިން ނިއުމާނިއާ އަކީ ނިއުމޯނިއާއަށް ވުރެން ތަންކޮޅެއް ފަސޭހައިން ރަނގަޅުކުރެވޭ ބެކްޓީރިއާ އެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ ނިއުމޯނިއާގެ ބާވަތެކެވެ.
އެލްޓަން ޖޯން ވަނީ ޝޯ ބަލަން އައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް ، ބަލިހާލަތުގައި ވެސް ސަޕޯޓަރުންނަށް ޓަކާ ޝޯދޭން އައި ކަމާއި، ނަމަވެސް އޭނާގެ އަޑު ދިއުމުން އިތުރަށް ލަވަ ހުށައަޅާ ނުދެވުނީ ކަމަށް ބުނެފައެވެ.
އެލްޓަން ޖޯން ގެ ބަލިހާލަތާ އެކުވެސް އޭނާ ވަނީ ގާތްގަނޑަކަށް 2 ގަޑިއެއްހާއިރު ޝޯކުރިއަށް ގެންގޮސް 15 ވަރަކަށް ލަވަ ހުށައަޅާދީފައެވެ.
މީގެ ތިން އަހަރު ކުރިންވެސް އެލްޓަން ޖޯން ވަނީ ލާސް ވެގަސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއެއް ކެންސަލްކޮށްފައެވެ. އެޝޯ ކެންސަލްކުރީ އިންފެކްޝަނެއް އުފެދި 2 ދުވަހަށް ހޮސްޕިޓަލުގައި ބާއްވާ އައިސީޔޫގައި އެޑްމިޓްކުރުމުންނެވެ.