މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ، ވިލިމާލޭ ޕޮލިސްޓޭޝަނުން މަސްތުވާތަކެއްޗާއެކު 23 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން 16 ފެބްރުއަރީ 2020 ވަނަދުވަހު ވިލިމާލެ ހުޅަނގު ފަރާތު އަތިރިމަތިންނެވެ.
އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެެއްޗެއްހުރި 6 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިހާރު މިމައްސަލަ ދަނީ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.