ޤާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުންނަށް، ވަކީލުކަން ކުރުމަށް އަޅާފައިވާ ހުރަސްތައް ވަގުތުން ވަގުތައް ނައްތާލުމަށް ބާރ ކައުންސިލަށާއި އަދި ސަރުކާރަށް، ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަޙްމީ ގޮވާލައްވައިފިއެވެ.
އަލްހާން މި ޓްވީޓްގައި އަލި އަޅުވާލާފައިވާ ގޮތުގައި މި ދާއިރާއިން ތައުލީމް ޙާސިލުކުރާ، އަދި ކޮށްނިންމާފައިވާ ދަރިވަރުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ލީގަލް ޕްރޮފެޝަނަލް އެކްޓްގެ އަލަށް މަޝަވަރާކުރުމަށް އެކުލަވާލި ޤަވާއިދުގައި މިހާރު އޮތް ގޮތުންނަމަ، ލޯ ފަރމެއް ނުވަތަ
ލީގަލް ޕްރެކްޓިސެއް މެދުވެރިކޮށް މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެއެވެ.
މި މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރ އަހްމަދު މަޙްލޫފް އިއްޔެ ކުރި ޓްވީޓެއްގައި ބަޔާންކޮށްފައި ވަނީ ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންގެ، ހުރި ހިތްހަމަނުޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް، ބާރ ކައުންސިލްގެ ރައީސް މައުމޫން ޙަމީދުއާއި ވާހަކަދެކެވިފައިވާކަމަށެވެ.
މިޤަވާއިދާއި އެެއްގޮތަށް ޢަމަލު ކުރަން ފަށައިފިނަމަ ވަކީލުކަން ކިޔެވުމަށް ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އަދި ދެވަނަ ހަރުފަތް ގިރާކުރުމަށް ގިނަ ދުވަސްތަކެއް ނަގައިގެން ދާނެއެވެ. ހުއްދަ އަށް އެދުމަށްފަހު އެހުއްދަ ލިބެން ގިނަ ދުވަސްތަކެއް ނަގައިގެން ދިޔުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތި ވެގެންދާނެއެވެ.