ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ސަން

އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޓިނާއި ގުޅުވައި ދައްކާ ވާހަކަތައް އޭނާ ތަފްސީލްކޮށްދީފި އެވެ.

'ޖަޒީރާ' ގެ ވަންޓުވަން ޕްރޮގްރާމް އަށް ދެއްވި އެކްސްކޫސިވް އިންޓަރވިއުއެއްގައި އަދުރޭ ޓިނު ވަގަށް ނެންގެވި ކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ޓިނަކާއި އޭނާ އާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެފަދަ ވާހަކަދައްކަމުންދަނީ ކަން 'ބޮޑު' ކޮށްގެން ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ ޖަވާބު ވެސް ދެއްވާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އަރުވާލުމަކާ ވެސް، ޓިނަކާ ވެސް ގުޅުމެއް ނެތް ކަމަށެވެ.

އެބޭފުޅުން އަޅުގަނޑުކުރެން އަހާވަރަކުން އަޅުގަނޑު ކިޔައިދޭނަން އަޅުގަނޑު އަރުވާލީ ކީއްވެގެންކަން. އަޅުނޑު އަރުވާލުމަކާއި ޓިނަކާއި އެއީ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން.

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި އަދުރޭ އާއި ގުޅުވައިގެން ޓިނުގެ ވާހަކަތައް އެންމެ ގަދަޔަށް ދެކެވެން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ހަލަބޮލިކަމުގެ ތެރެއިން ޕީޕީއެމްގެ ކުރި ސަފުގައި އޭނާ ފެންނަން ފެށި ހިސާބުންނެވެ. އޭރު ފޮނަދޫގައި ހުރި އެމްޑީޕީ ދިދައެއް ބޭލުމުން ވެސް އެ ދިދައިގެ ބަދަލުގައި ދިދަ ދަނޑީގައި ހަރުކުރީ ވެސް ޓިނުގަނޑެކެވެ.

0
2
0
1
3

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.