ވާދޫ ކަނޑު އޮޅިން ، ކްރޮސްރޯޑް އާ ކައިރިން " ޖުވެލް " ނަމަކަށް ކިއާ ޔޮޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ ސްކޮޑްރޮން އިން ހަރަކާތް ތެރިވާން ފަށައިފިއެވެ.
މިހާދިސާގެ މައުލޫމާތު އެމްއާރްސީސީ އަށް ލިބިފައިވަނީ މިރޭ 21:09 އެއްގައެވެ.
ޔޮޓް ފަރަށް އެރިއިރު ޔޮޓުގައި އެއްވެސް ފަތުރުވެރިއެއް ނެތްކަމަށާއި ޔޮޓުގައި ތިބީ ހަމައެކަނި އޭގައި މަސައްކަތްކުރާ ފަޅުވެރިންގެ ގޮތުގައި އުޅޭ 5 މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރައްޔިތުން މަޖިލިސްގެ ކާޝިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެ ޔޮޓެކެވެ.