މިދިޔަ ހަފުތާގައި ކ. މާފުށިން  ނިވާކަންކުޑަ ހެދުމެއްގައި އުޅެނިކޮށް، ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކޮށް، ބަރަހަނާ ކުރިކަމަށް އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ ތުހުމަތުކޮށްފިއެވެ.

ސިސީލިއާ ނިވާކަންކުޑަ ހެދުމެއްގައި އުޅެނިކޮށް، ނިވާކުރުމަށް ފުލުހުން މަސައްކަތްކުރުމުން އޭނާ ވަނީ،  ގަދަކަންދައްކައި ފުލުހުންނަށް ހުރަސްއަޅާފައެވެ. އެހެންކަމުން  ފުލުހުންނަށް ޖެހުނީ ގަދަކަމުން އޭނާ ހައްޔަރުކުރާށެވެ. 

ފުލުހުން ޙައްޔަރުކޮށް، މާފުށީ ޖަލުގައި ބެހެއްޓުމަށްފަހު އެއްވެސް ފިޔަވަޅެއްނާޅައި ސިސީލިއާ ދޫކޮށްލުމުމުން، ޖެހިގެން އައި ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެއަށްފަހު ސިސީލިއާ އިނގިރޭސި ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުލުހުން އޭނާ ޙައްޔަރުކުރުމުގެ ތެރޭގައި، އޭނާގެ ގައިގައި ތަޅައި، އަނިޔާ ކުރި ކަމަށެވެ. އަދި ބަރަހަނާ ކޮށްގެން އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރިކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. ހަމަ އެހެންމެ ފުލުހުން އޭނާ މަރާލާނެކަމުގެ ބިރުވެސް ހީވި ކަމުގައި ސިސީލިއާ ބުނެފައިވެއެވެ. 

"އަހަރެން ހީކުރީ އަހަރެން ރަހީނު ކުރަން އުޅެނީ ކަމަށް. އަދި އަހަރެން ޒަހަމްވެ، ރަނގަޅަށް ނޭވާ ނުލެވިގެން އުޅެނިކޮށް އެމީހުން [ފުލުހުން] އަހަރެންގެ ގައިގައި އަތްލާން ފެށީ،" ސިސީލިއާ ބުނެފައިވެއެވެ.

އެ ޙާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުވެސް ވަނީ، ސިސީކިއާގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *