ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން އަލަށް ހުށަހެޅި އިސްލާހްގައި ދެން އެންމެ ދުވަހު ވެސް ޑޮކްޓަރުގެ ސެޓްފިކެޓް ނެތި ސަލާމް ނުބުނެވޭ ގޮތައް ހަމަޖައްސަން މާއްދާއެއް ހިމަނައިފިއެވެ.

ވަޒީފާޔާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އައު އިސްލާހުތަކެއް މި ހަފުތާގައި ހުށައަޅުއްވައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ ހުށަހެޅުއްވި އިސްލާހްގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެމުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތައް ލާޒިމްވެގެންނެއް ނުވާކަމަށެވެ.

މި އިސްލާހާއި އެކު ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންގެ މޫނުމަތިން ފެނިގެން ދިޔައީ ނާއުންމީދީ ކުލަވަރުތަކެކެވެ. ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކުގައި ހޫނު ބަހުސްތަކެއް ކުރެވި ގިނަ ބަޔަކު މިކަމާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އެއްބަޔަކު މިކަމަކީ ރައްޔިތުންނަށް ޖެއްސުމަކަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭއިރު، އަނެއްބަޔަކު މިވަނީ ޤާނޫނަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި ސަރުކާރުން އަވަސްވެގަތީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

މަސައްކަތްތެރިންގެ ޙައްޤުގައި އެންމެ ގިނައިން ވާހަކަ ދެއްކި ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ވަނީ ފާހަގަ ކުރެވިގެންގޮސްފައެވެ. ނަމަވެސް ދައުރުގެ މެދަކާ ހަމަޔަށް ނުދަނީސް އިވިގެން މިދާ އަޑުތަކުން އުންމީދުން ފުރިފައި ތިބި އާންމުންގެ ހިތްތަކަށް ދަނީ މޮޅިވެރިކަން ވެރިވެފައެވެ. 

މި ޤަވާއިދާއިއެކު ދެން ގެންނަން އުޅޭ އަނެއް އިސްލާހަކީ، ޕްރޮބޭޝަންގެ މުއްދަތު 3 މަސް ދުވަހުން 6 މަހަށް އިތުރު ކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *