ކޮންމެ ޤައުމަކީވެސް އެހެން ޤައުމަކާއި އަޅާކިޔައިފި ނަމަ ތަފާތު ޤައުމެކެވެ. އެއީ ވާހަކަ ދައްކާބަސްކަމަށް ވެދާނެއެވެ. ސަޤަފާތާއި އާދަކާދައަށް ވެސް ވެދާނެއެވެ. ހެދުން އެޅުމާއި، ކެއިންބުއިމުގައި ގެންގުޅޭ އުސޫލުތަފާތުވާ ފަހަރުވެސް އާދެއެވެ. މިހެން ކިޔާކަމަށް ވަންޏާ ލިސްޓް ވަރަށް ދިގުވެދާނެއެވެ. ޖުމްލަގޮތެއްގައި އެއްވެސް ދެ ޤައުމެއް އެއްގޮތެއް ނުވެއެވެ. އެކަމަކު ޗައިނާ އަކީ ދުނިޔޭ ހުރިހާ ޤައުމުތަކަށްވުރެ ގިނަ ގޮތްގޮތުން ތަފާތު ޤައުމެކެވެ. ބައެއް މިސާލުތަކަށް ބަލާލަމާ ހިނގާށެވެ.
- ޗައިނާގައި، އެންމެ ސިކުންތެއްގެ ތެރޭގައި 50 ހާސް ސިގިރެޓް ބޮއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރިޕޯޓްތައް ދައްކާގޮތުން، ޗައިނާގެ 300 މިލިއަން މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މުޅި ދުނިޔޭގައި އުފައްދާ ސިގިރެޓްގެ 42 އިންސައްތަ އުފައްދަނީ ޗައިނާގައެވެ.
- ވިހެއުމުން 30 ދުވަހު އަންހެނުން އަރާމުކުރަން ޖެހެއެވެ. މިއީ އަޅުގަނޑުމެނަށް ވިހައިގެން ލިބޭ ޗުއްޓީއާ މުޅިން ތަފާތު އެއްޗެކެވެ. މި ތިރީސް ދުވަހަކީ ހަމައެކަނި އަރާމުކުރުމަށް ލިބޭ ދުވަސްތަކެކެވެ. މު މުއްދަތުގައި ހިނގުމާއި، ފެންވެރުމާއި ފިނިފެންބުއިން މަނާވާނެއެވެ.
- އަދިވެސް ޗައިނާގެ ހޮހޮޅަތަކުގައި މީހުން ދިރިއުޅެމުންދެއެވެ. ޓެކްނޮލޮޖީ ކުރިއަރާފައިވާ މިދުވަސްވަރުގައިވެސް 30 މިލިއަންމީހުން ހޮހޮޅަތަކުގައި ދިރިއުޅެނީ އުޅޭހިތުންނެވެ.
- އަސްކަރީ ތަމްރީނަކީ ހުރިހާ ޤައުމެއްގައިވެސް އުނދަގޫ ކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ޗައިނާގައި، ސިފައިންތިބެންވާނީ އަބަދުވެސް އިސް އުފުލައިގެންނެވެ. މިގޮތަށް ފަރިތަކުރުވަން ކުރާކަމަކީ ޔުނިފޯމުގެ ގިރުވާނުގައި، ތޫނުކޮޅު މައްޗަށްވާ ގޮތަށް ޕިނެއް ހަރުކުރުމެވެ. އިސް ތިރިވާއިރަށް ހެރޭ ގޮތަށެވެ.
- ސެން ފްރެންސިސްކޯގެ ވައި ތަޣައްޔަރުވުމުގެ ޒިންމާވެސް އެޅެނީ ޗައިނާގެ ބޮލުގައެވެ. ތިމާވެށީގެ ސައިންސާއި ޓެކްނޮލޮޖީގެ ދިރާސާއަކުން އެގުނު ގޮތުގައި، ކިތަންމެ ދުރުގައި އޮތަސް ސެން ފްރެންސިސްކޯގެ ތިމާވެއްޓަށްވާ ގެއްލުމުގެ 29 އިންސައްތައަކީ، ޗައިނާއިން އަންނަ ހިރަފުހެވެ.
- ނަލަވުމަށް ބޭނުންކުރާ ހުރިހާ ކޮސްމެޓިކްސްވެސް ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓްކުރަން ޖެހެއެވެ. ޔޫރަޕް އަދި އެމެރިކާފަދަ ޤައުމުތަކުން އެތެރެކުރާ ކޮސްމެޓިކްސް ވެސް މިގޮތަށް ޓެސްޓްކުރަން ޖެހެއެވެ.
- ޗައިނާގައި ފޮތްވިއްކަނީ ފޮތުގެ ބަރުދަނަށް ބަލައިގެންނެވެ. އެންމެ ބަރުފޮތް ބޮޑު އަގުގައެވެ. ފޮތުގެ އެތެރޭގައި ވަނީ ކޮންއެއްޗެއްތޯ ބެލުން މުހިންމެއްނޫނެވެ.
- މުޅިދުނިޔޭގެ އޫރުގެ އަބާދީގެ ދެބައިކުޅަ އެއްބައި އުޅެނީ ޗައިނާގައެވެ. އަހަރަކު 1 ބިލިއަން އޫރު މަރާ އޭގެ މަސް ކެއުމަށް ބޭނުންކުރެއެވެ. މީގެން ބައެއް އެހެން ޤައުމުތަކަށް އެކްޕޯޓްވެސް ކުރެއެވެ.
- މައިންބަފައިން މުސްކުޅިވުމުން، މުސްކުޅިން ބަލަހައްޓާގެތަކަށް ލުމަކީ، ޔޫރަޕް އަދި ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިކަމާއި ގުޅުވައިގެން ޗައިނާގައި ހެދިފައިވާ ޤާނޫނުގެ ސަބަބުން މުސްކުޅިން ބަލަހައްޓާގެތަކުގައި ނުވަތަ ވަކިން އަމިއްލަ ގޭގައި އުޅުނުކަމުގައި ވިޔަސް މައިންބަފައިންނަށް ޒިޔާރަތްކުރުންވަނީ ލާޒިމުކޮށްފައެވެ.
- ޗައިނާގެ ޒިންޖިއާންގެ ވެރިރަށް އުރުމްޤީގައި، ފިނިމޫސުމުގައި އިރުއޮއްސޭނީ ދަންވަރުއެވެ. މިއީ ބަލާލަން ވަރަށް ވެސް ރީތި މަންޒަރެކެވެ. މިގޮތަށް މިކަން ހިނގަނީ މުޅި ޗައިނާގައި ވަގުތު ބެލުމުގައި އެއް މިންގަނޑެއް ގެންގުޅޭތީއެވެ. އެންމެންވެސް ބަލަނީ، ވެރިރަށް ބެއިޖިންގ ގެ ގަޑިއެވެ. އެހެންކަމުން މިހިސާބަށް އިރު އަރާނީވެސް ހެދުނު 10 ޖަހާއިރުއެވެ. އެމީހުންގެ ދުވަސްފަށަނީ އިރުއެރުމުގެ އެތައް ގަޑިއިރެއް ކުރިންނެވެ.
- ޗައިނާ ހިމެނެނީ ދުނިޔޭގެ ނިސްބަތުން، އުސް ޢިމާރާތް އެންމެ ގިނަ ޤައުމުގެ ގޮތުގައެވެ. ޗައިނާގައި 7300 އަށްވުރެ ގިނަ އުސްއިމާރާތް ހުރެއެވެ.
- މީހަކު ހަދިޔާއެއް ދިނުމުން އެއްފަހަރުން އޭގައި ހިފުމަކީ ބޭއަދަބީކަމެކެވެ. ޗައިނާގައި ނުވަތަ ޗައިނާމީހަކު ހަދިޔާއެއް ދީފިނަމަ، ދެތިން ފަހަރު ނޫނެކޭ ބުނުމަށްފަހުގައި ނޫނީ ނުހިފާށެވެ.
- މީހުނާ އިނދެގެން ނޫޅޭ ޗައިނާ އަންހެނުން ތިބޭނީ ކުރުކޮށް އިސްތަށިގަނޑު ކޮށާފައެވެ.
- ޗައިނާގެ އަސްކަރިއްޔާގައި ތަމްރީނު ކުރެވިފައިވާ ކޮތަރު ގެންގުޅެއެވެ. މިއީ އާދައިގެ ކޮތަރަށްވުރެ ތޫނުފިލި ކޮތަރުތަކެކެވެ. ޗައިނާގެ ބޯޑަރުކައިރީގައި ބާއްވާ ޚާއްސަ މިޝަންތަކުގައި މި ކޮތަރުތައް ބޭނުންކުރެއެވެ.
- ޗައިނާގައި އާ އަހަރުގެ ޗުއްޓީއަށް 15 ދުވަސް ލިބެއެވެ. ޗައިނާއަކީ މިކަހަލަ މުނާސަބަތުތައް ވަރަށް ފޯރީގައި ފާހަގަ ކުރާ ޤައުމަކަށްވުމުން، އެހެން ޤައުމުތަކަށްވުރެ ދިގު ޗުއްޓީއެއް ދީގެން ފާހަގަ ކުރަނީއެވެ. މި މުއްދަތުގައި ރަސްމީ ހުރިހާ އިދާރާތަކެއް ބަންދުވާނެއެވެ.
- ޗައިނާގެ އެއް ބިލިއަން މީހުން ޚަބަރު ބަލާނެއެވެ. 1978 އިން ފެށިގެން ތަންފީޒުކުރަމުންދާ ޤާނޫނު ބުނާގޮތުން، ދުވާލަކު 30 މިނިޓްވަންދެން ޚާއްސަ ޚަބަރު ޕްރޮގްރާމެއް ދައްކާނެއެވެ. ދައުލަތުގެ ޓީވީ ސްޓޭޝަން އިން ގެނެސްދޭ މި ޚަބަރު ބެލުމަކީވެސް ލާޒިމު ކަމެކެވެ.
- ފޭސްބުކުގެ ބާނީގެ އަންހެނުން ނިސްބަތްވާ ޗައިނާގައި ފޭސްބުކް ބޭނުމެއް ނުކުރެވޭނެއެވެ. ޗައިނާގައި ފޭސްބުކް މަނާކުރީ 2009 ގައި، ޒިންޖިއަންގެ މިނިވަންކަމަށް ގޮވާލި އެކްޓިވިސްޓަކު އޭނާގެ ހަރަކާތްތައް ރާވަން ފޭސްބުކް ބޭނުން ކުރުމުން އޭގެ ފަހުންނެވެ.
- ޗައިނާގައި އުފައްދާ ފިލްމުތައް، އުމުރާއި ގުޅޭގޮތަށް ގިންތި ކުރުމެއް ނޯވެއެވެ. ނަމަވެސް 36 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ބެލުމަށްފަހު ކަމުނުދާ މަންޒަރުތައް އުނިކުރެއެވެ.
- ޗައިނާގެ ޑަތަންގ ސިޓީ އާންމުވެފައިވަނީ "އިސްޓާކީނު ސިޓީ" ގެ ގޮތުގައެވެ. ޗައިނާގައި އުފައްދާ 70 އިންސައްތަ އިސްޓަކީނު އުފައްދަނީ މި ސިޓީގައެވެ. މިއީ މުޅި ދުނިޔޭ 30 އިންސައްތަ އިސްޓަކީނެވެ.
- ހަށިގަނޑުގައި ދައުރުވާ ލޭ "ޕަންޕު" ކުރަނީ ހިތުންކަން ހޯދީ، ޗައިނާގެ ޑޮކްޓަރުންނެވެ. އަދި މިހާރު މަސްނޫޢީ ހިތް އުފެއްދުމުގެ ޤާބިލުކަންވެސް ޗައިނާއަށް ލިބިގެންވެއެވެ.
- ޗައިނާއަކީ ރޭލު ދަގަނޑު ގިނަ ޤައުމެކެވެ. ދުރުން ބަލާއިރު ޗައިނާއިން ފެންނާނީ، މަކުނުވާ ފުރާގޮތަށް ހުންނަ ރޭލު ދަގަނޑުތަކެވެ. މިހުރިހާ ދަގަނޑުތަކުގެ ދިގުމިން އެއްކޮށްލުމުން މުޅިދުނިޔެ ވަށައިގެން 2 ފަށަށް އޮޅާލެވޭނެއެވެ. އެހާވެސް ދިގެވެ.