ޕީޕީއެމް އޮފީހުގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުން

މިއަދު ކުރިއަށް ދާ މުޒާހަރާ ނުކޮށް ގެޔަށް ނުވަންނާނެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ނައިބު ރައީސް  ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

މިއަދު މުޒާހަރާތައް ފެށުމުގެ ކުރިން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަނުން ބުނީ، ރަސްމީކޮށް މުޒާހަރާތައް 4:30 ގެ ކުރިން ފަށާނެކަމަށެވެ. އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އިދިކޮޅުން މުޒާހަރާތައް ކުރަމުންދާތީ، މުޒާހަރާގެ ތެރެއިން މީހުން ހައްޔަރު ކުރަން މިހާރުވެސް ފުލުހުން ވަނީ ފަށާފައެވެ.

މުޒާހަރާގެ ވަގުތާއި ދިމާކޮށް، ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އެއްވުމަށް މަސައްކަތްކުރާ މީހުން ހައްޔަރުކުރަން ފަށާފައިވެއެވެ. ހައްޔަރުކުރި އަދަދު އަދި ސާފުވާގޮތްވެފައެއް ނުވެ އެވެ.

ފުލުހުން މުޒާހަރާ ރުޅާލުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ، އެ ކޯލިޝަނުން މިރޭ ވިޔަސް މުޒާހަރާ ކުރާނެކަމަށެވެ. ގެޔަށް ވަންނާނީ މުޒާހަރާ ކޮށްފައި ކަމަށާއި، ރަސްމީކޮށް ވަރަށް އަވަހަށް މުޒާހަރާ ފެށިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާން ނަންބަރު 2021/07 ގައި 2021 ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަނގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން ނިމާލް ވިދާޅުވީ، އެ ކޯލިޝަނުން މުޒާހަރާ ކުރާނީ އެޗް.ޕީ.އޭގެ ގައިޑްލައިންސް ތަކާއި އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، އެ ކޯލިޝަނުން މިހާރު މުޒާހަރާ ކުރަމުން އަންނަނީ އެއްވެސް ގައި ދުރުކަމެއް ނެތިއެވެ.

ފުލުހުން ބުނީ މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *