ދެމަފިރިއަކު ނިދާފައިތިއްބާ މީހަކު ވަދެ، އަންހެން މީހާއަށް ޖިންސީގޯނާކުރި މައްސަލަައެއް، ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު ފުލުހުން ބުނެފައިވާގޮތުގައި، މިމައްސަލަ  ހިށަހަޅާފައިވަނީ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކުން އިއްޔެގެ ވަގުތެއްގައި ކަަމަށެވެ. 

ފުލުހުން ބަލަމުންދާ މި މައްސަލާގައި، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރަނީ 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.  އަދި އޭނާ އެ ގެއަށް ވަތް ވަގުތަކީ، އެގޭގައި ދިރިއުޅެމުން އައި ދެމަފިރިން ނިދާފައިތިބި ވަގުތެއްކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.  

މި ފަހަކަށްއައިސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާއިރު، އިއްޔެގެ މި މައްސަލައަކީ އަލަށް ރާއްޖެއަށް އިތުރުވި ޖިންސީ ގޯނާގެ ބާވަތެކެވެ. 

ޖިންސީ ގޯނާ އާއި އަނިޔާގެ އެެކި މައްސަލަތައް މިފަހުން ރިޕޯޓު ކުރާ މިންވަރު އާންމުވެފައިވާއިރު، މީގެތެރޭގައި  ކުޑަކުދިންގެ މައްސަލަތައްވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. މިއީ ރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގައި ނުހަނު ކަންބޮޑުވާންޖެހޭ ބޮޑެތި ކުށްތަކެވެ. އަދި މި މައްސަލަތައް ފުރިހަމައަށް ތަޙުޤީގުކުރެވެންޖެހޭ ކަންކަމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *