ޗައިނާ ސަރުކާރުން ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުގެ ތެރެއިން 15 ޕްބްރުއަރީ 2020 ވަނަ ދުވަހު އެޤައުމުގެ ސެންޓްރަލް ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ، ޗައިނާގެ ގެ ފައިސާ ސާފުކޮށް "ސެންޓައިޒް" ކުރަން ނިންމައިފިކަން ހާމަ ކޮށްފިއެވެ.
ފައިސާ އަކީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ދައުރުވާ އެއްޗެއްކަމުން ފައިސާގައި ގިނަ އަދަދަކަށް ބެކްޓީރިއާ ނުވަތަ ވައިރަސް ހަރުލާފައި ހުރެއެވެ. ޗައިނާއިން ނިންމާފައިވަނީ ޔޫއެސް ޑޮލަރު ، ޕައުންޑް ،ޔޫރޯ ،ޝެކަލްސް އަދި ޔުއާން ހިމެނޭގޮތަށް އެގައުމުގައި ދައުރުވާ ހުރިހާ ބާވަތެއްގެ ނޫޓު ސާފުކުރުމަށެވެ.
2017 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ޓެސްޓުކުރެވުނު 1 ޑޮލަރުގެ ނޫޓެއްގައި 397 ބާވަތެއްގެ ބެކްޓީރިއާ އާލާވެފައިވާ ކަމުގައި ދެއްކިއެވެ. އެހެން ކަމުން ވައިރަސް ޖެހިފައިވާ މީހަކު އެނޫޓުގައި ބަލިވެ އުޅެމުން އަތްލައިފިނަމަ އެވައިރަސް , ނޫޓޫގައި 12 ވަރަކަށް ދުވަހު ދެމިހުންނަކަމަށް ވަނީ ދައްކާފައެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ( ޑަބްލިއު.އެޗް.އޯ) ބުނެފައިވާގޮތުގައި ކޮރޯނާވައިރަސް ނޫޓު ފަދައެއްޗެހީގަ އަދި ތަންތަނުގަ ދިރިހުންނަނީ ކިހާ ވަގުތެއްކަމެއް ޔަގީންކޮށް ހޯދިފައި ނުވާކަމަށެވެ. ވަގުތީ ހޯދުން ތަކުން ދައްކާ ގޮތުގައި ވައިރަސް ދިރިހުންނަނީ ގާތް ގަނޑަކަށް ދެތިން ގަޑިއިރަށް ކަމުގައިވެފައި ، "ޑިސްއިންފެކްޓަންޓް" ފަދަ ވައިރަސް މެރުމަށް ހާއްސަ އެއްޗެއް ބޭނުންކުރުމުން ވައިރަސް މަރުވާކަމަށެވެ.
އާންމުގޮތެއްގައި ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުން ހަލާކުވެފައިވާ ނޫޓު އައު ކުރުމަށް އަހަރަކު 10 ބިލިއަން ޑޮލަރު ހޭދަކުރެއެވެ. ނަމަވެސް ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ ހާލަތެއްގައި މިއަށްވުރެއް ބޮޑު އަދަދެއް ހޭދަކުރަންޖެހުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ.
ނޫޓޫ ސާފުކޮށް ބެކްޓީރިއާ އަދި ވައިރަސް ނައްތާލެވޭ އެއްގޮތަކީ " އަލްޓްރާ ވައެލެޓް " ލައިޓް ނުވަތަ ގަދަހޫނަކުން ނޫޓޫ ހޫނުކުރުމަށްފަހު ފައިސާ ސީލްކޮށް މަދުވެގެން ދެހަފްތާތާބެހެއްޓުމެވެ. ޗައިނާ ބޭންކުން ބުނެފައިވަނީ ރައްޔިތުންނަށް އާނޫޓު ނެރެދެވޭނެ މަގުފަހި ވުމުން އެކަން ކޮށްދޭނެކަމަށެވެ.