ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޞިރުކުރަން ބޭނުންވެ ޙާޞިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޞިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މައްޝޫރު ލަވަކިއުންތެރިއާ މުޙްތާރް އާދަމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަން ހާމަކޮށް އޭނާގެ ފޮޓޯ އާންމު ކޮށްފިއެވެ.

މާލެ ، ދަފްތަރު ނަންބަރު 8882 މުޚްތާރު އާދަމް (48އ) ހޯދަމުންދަނީ ސިވިލްކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން 2019 އޯގަސްޓް 19 ވަނަދުވަހު 10:15 އަށް ސިވިލް ކޯޓަށް ހާޞިރުވުމަށް އަންގައި ކޮށްފައިވާ އިޢުލާނަށް އެކޯޓަށް ހާޞިރުވެފައިނުވާތީ ، ބަންދުގައި ބަހައްޓައިގެން 2020 ފެބުރުއަރީ 23 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ހާޞިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރާ ގުޅިގެން ކަމަށް ފުލުހުންގެ މީޑިއާގައި ވަނީ ބުނެފައެވެ.

މުޙްތާރް އާދަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާފައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *