ހަތަރު ރަށެއްގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މުއްދަތު ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބ.ތުޅާދޫ، ތ. ވިލިފުށި އަދި ށ. ބިލެތްފަހިގެ އިތުރުން ހދ. މަކުނޫދޫ ގައި އެއާޕޯޓް އަޅައިދޭނެ ބައެއް ހޯދުމަށެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނީ އިއޯއައި ހުށަހެޅުމުގެ މުއްދަތު 1 މާރިޗު 2021، 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އަދި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ހަތަރު ރަށެއްގައި އެއާޕޯޓް އަޅައިދޭން ބަޔަކު ހޯދަން އިއުލާން ކޮށްފައިމިވަނީ މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް ސަރުކާރުން ގަސްތުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައި ވަނިކޮށެވެ. މިހާރު ވެސް ގދ. ފަރެސްމާތޮޑާގައި އަންނަނީ އެއާޕޯޓެއް ތަރައްގީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *