ދިވެހި ފުލުހުން މިއަދު މައުލޫމާތު ދިންގޮތުގައި ، މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާއަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ އިންޑޮނޭޝިއާއިން އެގައުމުގެ ފުލުހުންނެވެ.

މެލޭޝިއާމަގު މަގުން އިންޑޮނޭޝިއާއަށް ގޮސްފައިވަނީ އުމުރުން 46 އަހަރާއި ، 39 އަހަރާއި ، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރާއްޖޭ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

އެމީހުން ހައްޔަރު ކުރެވުނު ވަކި ސަބަބެއް އެގައުމުގެ ފުލުހުން ބަޔާން ކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނައެޅުމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާ ، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ބާތިލު ކުރި އިލްމުވެރިޔާ މުހަައްމަދު ހަސަން ހިމެނެއެވެ.

ހައްޔަރު ކުރި ހަތަރު މީހުން ވެސް މިހާރުވަނީ ދޫކޮށްލާފަ ކަމަށައި ، މިމަހުގެ 15 ވަނަ ދުވަހު އެމީހުން ވަނީ އެނބުރި ރާއްޖެ އައިސްފާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އަންނަނީ މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *