ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު، ރޭ ދަންވަރު ހުޅުމާލެއިން ބިދޭސީއަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލައިގާ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ. އަދި އޭނާގެ އަތުގައިއޮތް ފޮށިގަނޑާއި، ކޮނޑުގައި އަޅުވާފައިއޮތް ދަބަސް ބަލާ ފާސްކުރި ކުރުމުން ބަނގުރާކަމަށް ބެލެވޭ ދިޔާއެއްޗެއް ހުރި 20 ފުޅި ފެނިފައިވާކަމަށެވެ. 

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައިހުރި މީހަކު ފޮށިގަނޑެއްގައި ބަނގުރާ ގެންގުޅޭ ކަމުގެ މަޢުލޫމާތު، ފުލުހުންނަށް ރޭ ދަންވަރު 02:38 އެހާކަންހާއިރު ލިބުމުން ފުލުހުންވަނީ އެ ސަރަޙައްދަށްގޮސް، ބިދޭސީމީހާ ޙައްޔަރުކޮށްފައެވެ.

މި މައްސަލަ މިހާރު ތަޙުޤީގު ކުރަމުންދާކަމުގައި ފުލުހުން ބުނެފައިވެއެވެ. 

ބަނގުރަލާއެކު މީހުން ހައްޔަރުކުން މިހާރު ވަަރަށް ޢާންމު ކަމަކަށްވެފްއިވާއިރު، ފުލުހުން ދަނީ މިފަދަ ކުށްތައް ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެެވެ. އެހެން ނަމަވެސް، ޗުއްޓީތަކުގައާއި އަދި ހަފްތާ ބަންދުތަކުގައި މިފަދަ މައްސަލަތައް ގިނަކަންވެސް ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.