މި ހިނގާ ފެބްރުއަރީ މަހުގެ 16 ވާ އާދިއްތަ(މިއަދު)ން ފެށިގެން ހުޅުމާލެ ބާބަކިޔު ސަރަޙައްދު، ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމަވާފައިވާކަމަށް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ން ބުނެފި އެވެ.
އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް އެެކެއް އަދި ދޭއް ތަރައްޤީ ކުރުމަށް، އެ ސަރަޙައްދު ސާފުކުރުމުގެގޮތުން، ބާބަކިއު ސަަރަޙައްދުގައި މިހާރު ހުރިތަކެތި ނަގަން ނިންމަވާފައިވާކަަމަށެވެ. އެގޮތުން އެ ސަރަޙައްދުގައި ހުރި ބާބަކިއު ޕިޓްއާއި، ގޮނޑިއާއި، އަދި މޭޒު ފަދަ ތަކެތި ނެގުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލުމަށްޓަކައި އަޅާ ފަސް ބްރިޖް، އަންނަ މަހު ނުވަތަ އޭޕްރީލް މަސްތެރޭގައި ނިންމުމަށް އެޗްޑީސީން ދަނީ މަަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ބާބަކިއު ސަރަޙައްދު ބަންދުކުރަން ނިންމަވާފައިވަައިރު، އެ ސަރަޙައްދު އަލުން ހުޅުވާނެ ވަކި ތާރީޚެއް، އެޗްޑީސީން ހާމަކޮށްފައެއްނުވެއެވެ.