މާލޭގައި ރޭގަ އެކްސިޑެންޓެއް ހިނގާ ، ފަރުވާދެމުން ދަނިކޮށް ޒުވާނަކު ނިޔާ ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:30 ކަންހާއިރު ބުރުޒުމަގުގައި ހުންނަ ޕީޓްރަލް ސަރަހައްދުން ދުއްވާފައިދިޔަ ދެސައިކަލު ޖެހިގެންނެވެ.
މިއެކްސިޑެންޓުގައި ނިޔާވެފައިވަނީ މުހައްމަދު މިދުހަތު ކިޔާ 26 އަހަރުގެ މީހެކެވެ. މީނާ ނިޔާވެފައިވަނީ ރޭގަ 11:30 ކަންހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮންނެވެ.
މިއެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.