ޗައިނާގެ ވުހާން ގައި ދިރިއުޅޭ ނިންގް ޒޫ ނަމަކަށް ކިއާ ނަރުހެއް ވަނީ 26 ޖެނުއަރީ ގައި ހެދި މޭގެ ސެކޭން އަކުން ކޮރޯނާވައިރަސް ހުރިކަމަށް ޝައްކު ކުރެވޭތީ އަމިއްލައަށް ގޭގައި ކޮރަންޓީން ވެ، ހަފްތާތަކެއް ވަންދެން ގެއިން ބޭރަށް ނުގޮސް މަޑުކޮށްފައެވެ . އެހެން ކަމުން ނިންގް އަށް ވަނީ މިިބަލީގެ ޝިކާރައަކަށް ވެފައި ވާ އެހެން ބަލިމީހުންނަށް ހިދުމަތް ކުރަން ނިކުތުމަށް ނުކުޅެދިފައެވެ.

ނިންގް ޒޫ ސީއެންއެން އަށް ފޯނުން މައުލޫމާތު ދިން ގޮތުގައި ،  ނިންގް ޒޫ އަށް ވައިރަސް ޖެހިފައިވާ ކަން ޔަގީން ކުރުމަށް ހެދި ނިއުކްލެއިކް ޓެސްޓު ތަކުގެ ނަތީޖާ ދޭނެ ކަމުގައި ބުނެފައި ވީނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އަށް އެއްވެސް ނަތީޖާ އެއް އަންގާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

" މިވަގުތު މިއީ ކަންބޮޑު ވާންޖެހޭ ވަރު މައްސަލައެއް ، އަހަރެން މަސައްކަތް ކުރާ ހޮސްޕިޓަލުން 100 އަށް ވުރެއްގިނަ ހިދުމަތް ތެރިން ވަނީ އަމިއްލައަށް ގޭގައި ކޮރަންޓީން ވެފަ ، އަދި އިތުރު 30 ސިއްހީ ހިދުމަތް ތެރިންނަށް ވައިރަސް ޖެހިފައިވާކަން ވަނީ ޔަގީން ވެފަ " ސީއެންއެން އަށް ފޯނުން ގުޅައި ނިންގް ޒޫ މައުލޫމާތު ދިނެވެ.

ނިންގް އިތުރަށް ބުނެފައި ވާގޮތުގައި ޓެސްޓު ތަކުގެ ނަޓީޖާ ނެގެޓިވްނަމަ  މަސައްކަތަށް އޭނާ އަށް ނިކުމެވޭނެ ކަމަށާއި ، އޭނާގެ ކިބައިގައި ވައިރަސް ގެ ސަބަބުން އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ، ސީ.ޓީ ސްކޭން އިން ދައްކާފައިވަނީ ހަމައެކަނި ކުޑަ ކުޑަ އިންފެކްޝަނެއް ހުރިކަމަށް ކަން ނިންގ ބުނެއެވެ. 

ނިންގ ޒޫ ލަފާކުރާގޮތުގައި އޭނާ މަސަައްކަތް ކުރާ ހޮސްޕިޓަލުގައި  ގާތްގަނޑަކަށް ފައްސަތޭކަ ވަރަކަށް ސިއްހީ ހިދުމަތްދޭ މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެތެރެއިން 130 ވަރަކަށް މުވައްޒަފުންނަށް މިހާރު ވައިރަސްގެ އަސަރު ކޮށްފައި ވާނެކަމަށް ބެލެވެއެވެ. ނިންގް ޒޫ މަސައްކަތް ކުރާ ހޮސްޕިޓަލް އިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުން މަނާކޮށްފައިވާތީ އޭނާ ވަނީ ހޮސްޕިޓަލްގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމުގައި ބުނެފައެވެ.

މިއީ ހަމައެކަން އެ ހޮސްޕިޓަލް ގެ ހާލަތެއް ނޫނެވެ. ޗައިނާގެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުންނަށް ދަނީ މިވައިރަސްގެ އަސަރު ކުރަމުންނެވެ. ޓުވިޓަރ ގެގޮތުގައި ޗައިނާއިން ބޭނުން ކުރާ ވީބޯ މެދުވެރިކޮށް ވުހާން ސެންޓަރަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހެއް ހާމަކޮށްފައިވާގޮތުގައި އޭނާއާއެކު މަސައްކަތް ކުރާ 150 ވަރަކަށް މުވައްޒަފުންނަކީ ކޮރޯނާ ވައިރަސްއަށް ޖެހިފައިވާކަމަށް ޝައްކުކުރެވިފައިވާ މުވައްޒަފުން ކަމަށާއި އެމީހުންގެ ތެރޭގައި ހުދު އޭނާވެސް ހިމެނޭކަމަށެވެ.

"އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލުގައި ޕޭޝަންޓުން ބައިތިއްބާފަތިބި ތަނުގައި ގިނައީ އަހަންނާއެކު މަސައްކަތްކުރާ މީހުން " ބުދަ ދުވަހު ކުރި ޕޯސްޓެއްގައި ނަރުސް މީހާ ބަޔާން ކޮށްފައިވެއެވެ. އަދި ސިއްހީ ހިދުމަތްދޭ މީހުން އޭނާގެ ހާލަތު ޗެކު ކުރުމަށް އަންނަ ކޮންމެފަހަރަކު އޭނާގެ ހަށިގަނޑުގައިވާ ވައިރަސް ހަށިގަނޑުން ބޭރުވެ އޭގެ އަސަރު އޭނާއާއި އެކު މަސައްކަތް ކުރާ މީހުނަށް ކޮށްފާނެކަމުގެ ބިރު އޮތުމުން ނޭވާނުލާ ، ނޭވާހިފަހައްޓާލެވޭކަމަށް ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ހާމަކުރި ގޮތުގައި އެގައުމުގައި 1716 ސިއްހީ ހިދުމަތްތެރިއަކަށް މި ވައިރަސްގެ އަސަރު ވަނީ ކޮށްފަ ކަމަށާއި އޭގެތެރެއިން 6 މީހަކު މަރުވެފައިއިވާކަމަށްވެއެވެ. އޭގެތެރެއިން %90 މީހުންނަކީ ހޫބޭ ޕްރޮވިންސުގެ މީހުންކަމުގައި މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.