މިއަހަރު އެންމެ ގިނަ މީހުން ބެލި ރިއަލިޓީ ޝޯ ބިގްބޮސް 13 ސިދާތު ޝުކްލާ ކާމިޔާބްކޮށްފިއެވެ.

އޭނާ ޝޯ ކާމިޔާބްކުރީ ބެލުންތެރިންގެ އެންމެ ގިނަ ވޯޓްލިބިގެންނެވެ. ސިއްދާތު ވަނީ ކަލާސްއިން ދައްކާ ކަތުރޯންކީ ކިލާޅީގެ ސީޒަނެއްވެސް ކާމިޔާބްކޮށްފައެވެ. 
އޭނާއާއެކު ފަސްމީހުން ފައިނަލަށް ގޮސްފައިވަނީ އާސިމް، ރަޝްމީ، ޝެހެނާޒް، ޕާރަސް އަދި އާރްތީއެވެ. މީގެ ތެރެއިން ގަދަ ތިނަކަށް ހޮވިފައިވަނީ ޝެހެނާޒް، އާސިމް އަދި ސިއްދާތުއެވެ. މިތިން މީހުންގެ ތެރެއިން އާސިމް ސިއްދާތަށް ގަދަ ދެއަކަށް ހޮވުނު އިރު ޝޯ ކާމިޔާބްކޮށްފައިވަނީ ސިއްދާތު ޝުކްލާއެވެ.
ސިއްދާތުގެ ބިގްބޮސްގެ ގޭގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ހުރިހާ ސިފައެއް އާންމުންނަށް ވަނީ ފެނިފައެވެ. އެގޮތުން ރުޅިއާއި، ލޯތްބާއި، އަޅާލުންމާއި، މިފަދަ އެތައް ކަމެއް ފެނި ގިނަބަޔަށް ވަނީ އޭނާގެ އެޓިޓިއުޑް ކަމުގޮސްފައެވެ. ޝޯގެ ޓްރޮފީއާއެކު 40ލައްކަ ރުޕީސްވެސް ސިދާތަށް ލިބިފައިވެއެވެ.
ސިއްދާތެކޭ އެއްފަދައިން ސަނާ އަދި އާސިމްވެސް ވަނީ ބިގްބޮސްގެ ދަތުރުގައި ގިނަކަންތައްތަކެއް ހާސިލްކޮށްފައެވެ. ސަނާ ޕަންޖާބުން އައި މޮޑެލްއެއް ކަމަށްވާއިރު، އާސިމް އަކީ ކަޝްމީރުން އައި މޮޑެލްއެވެ. ބިގްބޮސްގެ ގެއަށް އައިރު މި ދެމީހުން އާންމުންގެ މެދުގައި މަޝްހޫރު ނުވިނަމަވެސް މިހާރު އެދެމީހުންނަކީ މަޝްހޫރު މޫނުތަކަށް ވަނީ ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *