ރ. އުނގޫފާރު "މަސްޖިދުލް ތަޤްވާ" މިސްކިތުގައި ބަހައްޓާފައިވާ ޚައިރާތު ފޮށި ހަލާކުކޮށްލައި ވައްކަންކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް ފުުލުހުންނަށް ހުށައަޅާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ 15 ފެބްރުއަރީ 2020ވަނަ ދުވަހު ހަވީރު 17:10 އެއްކަން ހާއިރުގައެވެ.

ފަންޑު ފޮށީގެ ތަޅު ހަލާކުކޮށްލަނިކޮށް މިސްކިތް ސާފުކުރާ މީހަކަށް ފެނުނު ކަމަށާއި ، އެފޮށީގައި ފައިސާ ހުރިކަމަށާއި ، އެފޮށީން އެއްޗެއް ނުގެންދެވުނީ އެހެންވެކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި އެފޮށިން ވައްކަން ކުރަން އުޅުނު މީހާ އަކީ ވައްކަމުގެ މައްސަލަ އޮންނަ އަދި އެކަމުގެ ހުކުމް ތަންފީޒުވެސް ކޮށްފައިވާ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *