މުޅިރާއްޖެ ފެހި ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައި ދެއްވާފައިވާ ރަށްފެހި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ކުރިއަށްގެންދާ ސްޓެލްކޯ ރަށްފެހިގެ 2 ވަނަ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މިޕްރޮގްރާމްގެ ފުރަތަމަ ބުރު ވަނީ މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައެވެ.

މިޕްރޮގްރާމުގެ ގަސްއިންދުން ތިލަފުށީގެ އިތުރުން އެކުންފުނީގެ އޮފީސްތަށް ހުން ރާއްޖޭގެ ރަށްތަކުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގަސް އިންދުމުގެ ދެވަނަ ބުރު ފެށުމުގެ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ބައިވެރިވެވަޑައިގެން ، ތިލަފުށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ދެބޭފުޅުންވެސް ވަނީ ގަސް އިންދަވައި ދެއްވާފައެވެ.

ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި މިޕްރޮގްރާމް ކުރިއަށް ގެންދަނީ މުޅި އަހަރު ދުވަހަށް ބަހާލައިގެން އެންމެ ރީތި ގަހާއި އެންމެ ބޮޑުގަހާއި އެންމެ ރީއްޗަށް ބަލަހައްޓާ ގަހާއި އަދި އެންމެ ގިނަ ގަސް އިންދާ ޑިޕަރޓްމަންޓެއް ހޮވާގޮތަށް ، ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ބާއްވާ މުބާރާތެއްގެ ސިފައިގައެވެ.

މުޣުނީ ވިދާޅުވެފައިވަނީ މުބާރާތެއްގެ ގޮތުގައި ގަސްއިނދުމުގެ ޕްރޮގްރާމް ފެށުމުގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމަކަށް މި ޕްރޮގްރާމް ހެދުން ކަމުގައެވެ.

މިޣުނީ ވިދާޅުވީ މިދިއަ އަހަރުގެ ރަށްފެހި ޕްރޮގްރާމަކީވެސް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި ، މިދިޔައަހަރު ކޮންމެ މުވައްޒަފަކު 2 ގަސް އިންދި އިރު ޖުމްލަަ 2000 ގަސް އިންދިފައިވާނެ ކަމަށެވެ.

"މިއަހަރުގެ އަމާޒަކީ މިއަދަދު އިތުރުކޮށް މީހަކަށް ތިން ގަސް އިންދުން ، އަޅުގަނޑުމެން ބޭނުންވަނީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް އަޅުގަނޑުމެންގެ ކުންފުނިން ކުރަމުން އަންނަ ކަމަކަށް ހެދުން " ، މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އަމާޒަކީ އެކުންފުނިން އުފައްދާ ހަކަތައިގެ 50 ޕަސަންޓް އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ. އޭގެ ސަބަބުން ދުމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެ ، ކަރަންޓުގެ ހަރަދުވެސް ކުޑަވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *