މިރޭ އއ. މާޔާ ފުށި ރިސޯޓު ކައިރީގައި އޮތް ސަފާރީ އަކުން ސްނޯކްލިން އަށް ދިޔަ މީހަކު ނިޔާވިކަން މިރޭ 21:40 ހާއިރު ރިޕޯރޓުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.:
މަހާދިސާގައި ނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން މިޙާރު ބަލަމުން ދާކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.
ހަމަ އެއަތޮޅޫ މަޑީވަރު ކައިރިއަށް ގެސްޓުން ގޮވައިގެން ސްނޯކްލިން އަށް ގޮސްއުޅުނު ، ރަސްދޫ ޑައިވް ސެންޓަރުގަ މަސައްކަތް ކުރާ ، ރ، މީދޫ ، ދެރަަހަ، އުމުރުން 22 އަހަރުގެ އަބްދުﷲ އަޒްވާން ވެސް ވަނީ އިއްޔެ ހަވީރު ކަނޑުގެ 23 މީތަރު އަޑިންް ނަގައިގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ވަނީ އެނގިފައެވެ.