މާލޭ ސްޓޭޑިއަމް ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
ޝަބުނަމް މަގުގައި ހުރި ގ. ޕިޔޯރ ސައިޑް ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާގައި މި ޙާދިސާ ހިނގައިގެންއުޅޭ ކަމަށް، މިރޭ 21:18 ހާއިރުގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބެއެވެ.
މި ޙާދިސާއާ ގުޅިގެން ފުލުހުން އެސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
މިފަހަކަށް އައިސް އަލިފާނުގެ ޙާދިސާތައް ހިނގާ މިންވަރު މިވަނީ އިތުރުވެފައެވެއެވެ. އެހެންކަމުން މި ފަދަ ޙާދިސާތައް ކުރިމަތިވެދާނެ ކަމުގެ ފުރިހަމަ ތައްޔާރީތައްވާން ޖެހެއެވެ.